ޚަބަރު

ރ. ވާދޫއަށް އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކާއި ދަޅުތަކެއް އަތުލައިގެންފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރ. ވާދޫއަށް އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކާއި ދަޅުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by STELCO

ފުލުހުން މައުލޫމާތުދިން ގޮތުގައި މި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖުލައި 24 ވަނަ ދުވަހު ރ. ވާދޫއަށް ސަފާރީއަކުން ހުއްދަނެތި ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ވާދޫ ޕޮލިސް ޑެސްކާއި އަލިފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެންނެވެ. އަދި މި އޮޕަރޭޝަނުގައި 455 ފުޅި ބަނގުރާ އަދި 52 ދަޅު ބަނގުރާ އެ ސަފާރީން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި އެ މައްސަލަ އަލިފުށި ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!