ޚަބަރު

މިއަދު ކޮވިޑަށް ފައްސިވީ 146 މީހުން، އޭގެ ތެރޭގައި 117 ދިވެހިން ހިމެނޭ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މިއަދު އިތުރު 146 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Hajj Corporation

އެޗްޕީއޭ އިން ބުނީ މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، ބަންގްލަދޭޝްގެ 21 މީހަކާއި، އިންޑިއާގެ ދެ މީހަކާއި ލަންކާ ފަސް މީހަކާއި ފިލިޕީންސް މީހެއް ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6225 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2413 މީހުންނަށެވެ. އެގޮތުން 152 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3788 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން ވަނީ 24 މީހަކު މިހާތަނަށް މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!