ޚަބަރު

ﷲއަށް ހަމްދުހުރި، މިއަދު އިތުރު 140 މީހަކު ބަލިން ރަނގަޅު ވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 140 މީހަކު ރަނގަޅު ވެއްޖެ އެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 140 މީހަކު ކޮވިޑް ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުންނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 3788 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 146 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، ބަންގްލަދޭޝްގެ 21 މީހަކާއި، އިންޑިއާގެ ދެ މީހަކާއި ލަންކާ ފަސް މީހަކާއި ފިލިޕީންސް މީހެއް ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6225 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2413 މީހުންނަށެވެ. އެގޮތުން 152 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލީގައި ރާއްޖެއިން ވަނީ 24 މީހަކު މިހާތަނަށް މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!