ދުނިޔެ

ކޮވިޑް-19: އަންހެނުން ވެރިންނަށް ތިބި ޤައުުމުތަކުގެ ހާލަތު މާ ރަނގަޅު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތު އެންމެ ރަނގަޅީ އަންހެނުން އިސްވެ ވެރިކަން ކުރާގައުމުތަކުގައި ކަމަށް އިނގިރޭސި ވިލާތުގެ ޔުނިވާރސިޓީއެއްގެ ޕްރޮފެސަރަކު ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

194 ގައުމު ބައިވެރިކޮށްގެން ހެދި މި ދިރާސާގައި ވަނީ މި ގައުމުތަކުގައި އެޅި ފިޔަވަޅު ތަކާއި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދާއި އަދި މި ބަލީގައި ދުނިޔެ ދޫކުރި މީހުންގެ އަދަދު ދިރާސާ ކޮށްފައެވެ. އެގޮތުން ކުރި ދިރާސާއިން ސާބިތުވީ، ފިރިހެން ވެރިން ވެރިކަން ކުރާ ގައުމުތަކަށްވުރެ އަންހެން ވެރިންވެރިކަން ކުރާ ގައުމުތަކުގައި ބަލި ބޮޑަށް ކޮންޓްރޯލް ވެފައިވާ ކަމެވެ.

މި ދިރާސާގައި ވަނީ ވަރަށް ގިނަ ކަންތައްތަކަަށް އަލި އަޅުވާލާފައެވެ. އެގޮތުން 194 ގައުމުގެ އިގްތިސާދީ ހާލަތާއި، އާބާދީ އާއި މީހުން ތޮއްޖެހިގެން އުޅޭވަރު ވެސް ވަނީ ދިރާސާ ކޮށްފައެވެ. އަދި ހަމަ އެހެންމެ ސިއްހީ ދާއިރާއަށް ހޭދަ ކުރާ ވަރު ވެސް ވަނީ ދިރާސާ ކޮށްފައެވެ.

ހާމަ ވެގެން ދިޔަ އެއް ކަމަކީ، އެމެރިކާ. ސްޕެއިން، ބްރެޒިލް އަދި އިންޑިއާ ފަދަ ފިރިހެން ވެރިން ވެރިކަން ކުރައްވާ ގައުމުތަކަކީ އެންމެ ގިނައިން ކޮވިޑް-19ގެކޭސްތައް ފެނި އެންމެ ބޮޑަށް އަސަރު ކުރި ގައުމުތައް ކަމެވެ. ނަމަވެސް ނިއުޒިލޭންޑް އަދި ޖަރުމަނު ފަދަ އަންހެން ވެރިން ވެރިކަން ކުރައްވާ ގައުމުތަކުގައި  މީހުން ފައްސިވާ އަދަދު އަދި މަރުވި އަދަދު ވެސް ދަށް ކަމުގައި މި ދިރާސާ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

މި ދިރާސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު ސުޕްރިޔާ ގަރިކިޕަތީ ވިދާޅުވީ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރެން ފެށި ދުވަސްވަރު އަންހެންވެރިން މާ އަވަހަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން އެ ގައުމުތައް މާ އަވަހަށް ފުރަބަންދު ކޮށްފައިވާ ކަން އެބޭފުޅާ ފާހަގަ ކުރެއްވިއެވެ. އިޖުތިމާއީ ގޮތުން އެ ގައުމުތަކަށް އޭރު ގެއްލުންވި ކަމުގައި ވިޔަސް އެ ގައުމުތަކުން ވަނީ އެތައް ފުރާނައެއް ސަލާމަތް ކޮށްފައި ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!