ޚަބަރު

މާލޭ އުތުރުފަރާތު ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
މާލެ ޖެޓީ ސަރަހައްދު: ފޮޓޯ: ވިއޭޓަރ

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި ގުޅިގެން މާލޭ އުތުރު ފަޅުގައި އަޅާފައި އުޅަނދުތައް ނަގަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންގަވައިފިއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ ދިވެހިރާއްޖޭގެ 58 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކާ ގުޅިގެން ޖުލައި 27 ވަނަ ދުވަހުގެ 14:00 އިން 28 ވަނަ ދުވަހުގެ 15:00 އަށް މާލެ ފަޅުތެރެ ޖެޓީ ނަންބަރު 3، 2، 1 އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.

އެހެންކަމުން މިސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ޖުލައި 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ.

ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަހާއި ދިމާކޮށް ގިނަ ހަރަކާތްތަކެއް ބާއްވައެވެ. މި އަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ހެވިކަމާއި ކުޅިވަރުތައް ޖުލައި 26 ވާ ބުދަދުވަހުގެ ރޭ 20:30 ގައި ގަލޮޅު ދަނޑުގައި އޮންނާނެއެވެ. އަދި ޕެރޭޑާއި ރޫޓްމާޗު 27 ޖުލައި ބުރާސްފަތި ދުވަހުގެ ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ބާއްވަން ހަމަޖެހިފައިވާއިރު ފުޅަނދުބުރުގެ ހަރަކާތްތައް 27 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެއެވެ.

މީގެ އިތުރުން މިނިވަން އުފާ ކާނިވާ 28 ޖުލައިން 4 އޯގަސްޓަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާނެއެވެ. އަދި ޕެރަމޮޓޯރގެ ހަރަކާތްތައް ޖުލައި 28 އަދި 29 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!