ލިޔެކިޔުން ހަމަނުވާ 1989 ޖަމުޢިއްްޔާ އުވާލަނީ

ލިޔެކިޔުން ހަމަނުވާ 1989 ޖަމިއްްޔާ އުވައިލަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީއިން ކުރައްވައިފައިވާ އިޢުލާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1989 ޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެޖަމިއްޔާތަކުގެ ލިސްޓުވެސް އެމިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.
މި އިޢުލާނުގައި ވިދާޅުވެފައި ވަނީ، މި ޖަމްޢިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދޭ ޖަމިއްޔާ ތަކުން، އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތްކަމަށެވެ.
އިންއެކްޓިވް ޖަމިއްޔާތައް އުވާލުމަށް ނިންމާ ލިސްޓު އާއްމުކޮށްފައި މިވަނީ އެ ޖަމިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދިނުމަށް ފަހުއެވެ.