ޚަބަރު

ކޮވިޑް ޖެހިފައި ތިބި 14 މީހަކަށް ނުގުޅިގެން ފެސިލިޓީތަކަށް ނުގެންދެވިފައި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސިވި 14 މީހަކަށް ފޯނުން ގުޅިފައި ނުވާތީ އެމީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވޭ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

Ads by Hajj Corporation

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި 359 މީހަކު ތިބި ކަމަށެވެ. އެއީ ތަފާތު އެކި ސަބަބުތައް މެދުވެރި ވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ތަފްސީލު ދެއްވަމުން ވިދާޅުވީ އޭގެ ތެރެއިން 85 މީހަކު ފެސިލިޓީތަކަށް ދާން ދެކޮޅު ހަދާ ކަމަށެވެ. އަދި 15 މީހަކު ފެސިލިޓީތަކަށް ނުގޮސް ތިބީ އާއިލާގެ އެހެން މީހުންގެ ނަތީޖާތައް ލިބެންދެން ކަމަށެވެ. މިހާތަނަށް 14 މީހަކާއި ނުގުޅިގެން އެ މީހުންވެސް ފެސިލިޓީތަކަށް ގެންދެވިފައި ނުވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެޗްޕީއޭގެ މަސައްކަތް ކުރި ގޮތުން ފެސިލިޓީތަކަށް ނުގެންދެވި ތިބީ 22 މީހުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!