ޚަބަރު އިޖުތިމާޢީ

ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30ގައި ސެންޓްރަލް ޕާރކްގައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ޕޯރޓްސް ފޭސްބުކް ޕޭޖް

މިނިވަން ދުވަހާއި ގުޅުވައިގެން އެކި މުއައްސަސާތަކުން ހެދި ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 4:30ގައި ސެންޓްރަލް ޕާރކްގައި އޮންނާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

Ads by Hajj Corporation

އާބަންކޯއިން ބުނި ގޮތުގައި ފުޅަނދުތައް ދައްކާލުން އޮންނާނީ މިއަދު ހަވީރު 4:30 އިން ފެށިގެން 6:00 އަށެވެ.

މީގެ އިތުރުން މާލޭގައި ފެތުރެމުން އަންނަ ރޯގާއާ ގުޅިގެން ޕޯސްޓްޕޯންޑް ކުރި މިނިވަން އުފާ ކާނިވަލް ވެސް މިރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ. މިނިވަން އުފާ ކާނިވަލުގެ ހަރަކާތްތަކުގެ ތެރެއިން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި 8 މިނެޓަށް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިނިވަން އުފާ ކާނިވަލް ފުރަތަމަ ބޭއްވުމަށް ނިންމާފައިވަނީ އިއްޔެއެވެ. ނަމަވެސް މާލޭގައި ރޯގާއެއް ފެތުރޭތީ, ރޭގެ އިވެންޓް ފަސްކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!