ރައީސް ނަޝީދުގެ ސީރިޔަސް ތުހުމަތެއް: ރައީސް ޞާލިޙް ހަކުރު ވިއްކަން ތާއީދު ކުރައްވާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, މަސްތުވާތަކެތި ވިއްކަވަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ, ރައްޔިތުންގެ މަޖިލީހުގެ ރައީސް, މުޙައްމަދު ނަޝީދު ސީރިޔަސް ތުހުމަތެއް ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ, އައްޑޫ ސިޓީ ފޭދޫގައި މިރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
"ރައީސް ޞާލިޙްގެ އެއް ބައިވެރިއެއް, ޖާބިރު އެބަ ބުނުއްވާ, ރަައީސް ޞާލިޙް އަދި އިތުރަށް މަސްތުވާތަކެތި ފަސޭހަކޮށްދެއްވާނެ ވާހަކަ. އަޅުގަނޑަށް ނުފެނޭ މަޖަލަކަށް ހަދައިގެން ވެސް މި ބާވަތުގެ ވާހަކަ ދައްކާކަށް." ރައީސް ނަޝީދު އިޝާރާތް ކުރެއްވީ, ސީއެންއެމްގެ ޕްރޮގްރާމެއްގައި ޖާބިރު ދެއްކެވި ވާހަކަފުޅަށެވެ. އެގޮތުން ޖާބިރު ވަނީ ދެވަަނަ ދައުރަކަށް ރައީސް ޞާލިޙް ހޮވިއްޖެނަމަ މަރުވާނާ ރާއްޖޭގައި ވިއްކުމުގެ ލައިސެންްސް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޖާބިރަކީ ވަނީ ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގެން ވަރަށް އެކްޓިވްކޮށް, ކެންޕެއިންގައި މަސައްކަތް ކުރައްވަމުންނެވެ. ޖާބިރަކީ މިފަދަ ވާހަކަތައް ވަރަށް ގިނައިން ވިދާޅުވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ
"ރައީސް ޞާލިޙް ވެސް އަތް ޖައްސަވަންށޭ މި އިންނަވަނީ, އެއީ މަޖާ ކަމެއް ނޫން. އަދި ޖާބިރު އަބަދު ދައްކަވާ ވާހަކަ ވެސް މަޖަލެއް ނޫން. އެހެން ވާހަކަ ދެއްކެވީމަ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑެތި އޮޅުން އަރައިގެންދަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ މިހެން ހެއްދެވިކަން، އެކަމަށް ތާއީދުކުރައްވައިގެން އިންނަވާކަން. އެއީ ހަކުރު ވިއްކަން ތާއީދުކުރައްވާކަން, އެއީކީއެއް ބަލައިގަނެވޭނެ ކަމެއް ނޫން،"
ރައީސް ނަޝީދު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ" ތަރައްޤީ ނުވެގެން އުޅެނީ ބްރިޖެއް ނޫން, ގޭތެރެ, އަޅުގަނޑުމެންގެ އަމިއްލަ ގޭތެރެ, އަޅުގަނޑުމެން ހާސްކަމެއްގެ ތެރޭގައި މިތިބެނީ ގޭތެރޭގެ ކަންތަައްތަކާހެދި" ކަމަށެވެ.
ރައީސް ނަޝީދު މިފަދަ ތުހުމަތެއް ކުރެއްވިއިރު, މީގެ ކުރިން ރައީސް ޞާލިޙް ޒިނޭ ކުރައްވާ ފޮޓޯތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ފަހުން އެ ވާހަކަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެއް ނުވެއެވެ.
ހަކުރުގެ ވާހަކަ ނަސީދު ނުދައްކާ . ނަސީދެއްނޫންތަބުނީ ހަކުރު އެކަނިވީމާ ހަކުރު ގިނާވާކަ،މަށް ހަކުރުންސަލާމަތް ވުމަށް ދިޔާތަކެތި ބޯން.ނަސީދަކި ރާއްޖެއަށް ފުރަތަމަ ޑްރަހގް އެތެރެކޮށް ވިއްކަންފެށިފަރާތް ކަމުގަ ތުހުމަތުކުރެވޭ ސަބަބީ މަސްތުވާތަކެތީގެ މައްސަލާގަ ހައްޔަރުކޮށް ހުކުމްކުރެވުމު ފުރަތަމަމީހަކަށް ނަސީދުގެ ބެސްޓް ފްރެންޑް ވައިނުޖެހޭގެ ޒުހައިރު ވީމަ.
ހިންނަވަރު ބަނބުކެޔޮގަހުގަ ހުރި ކުކުޅު ތައް ވަގަށް ނެގައިގެން ކެއީ ކޮންބަޔަކުތޯވެސް ދެމީހުންދެމީހުނަށް ގޮވާލަބަލަ.