ރޮޒައިނާ މީދޫ ދާއިރާގެ މެމްބަރަކަށް ގެނައުމަކީ ކުރެވުނު "ވިޔާނުދާ" ކަމެއް: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެ މަގާމަށް ގެނައުމަކީ ކުރެވުނު "ވިޔާނުދާ" ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ އެކު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫ ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދުވަނީ ރޮޒައިނާ އެ މަގާމަށް ގެނައުން އެއީ ސިޔާސީ ދާއިރާގައި މިހާ ހިސާބަށް ވަޑައިގެންނެވުނު އިރު އެމަނިކުފާނަށް އެޅުއްވުނު "ޅަ އެއްޗެހި" އެއްޗެއްކަމުގައި ސިފަކުރައްވާފައެވެ.
އެގޮތުން، ރައީސް ނަޝީދު ޤަބޫލުކުރެއްވީ ޕާޓީއަށް ގިނަ މީހުން ވަދެ، ގިނަ ބައެއްގެ މަޝްވަރާއާ އެކީގައި ރަނގަޅު ކަންތައްތައް ކުރެވޭނެ ކަމަށާއި ނަމަވެސް ކަންކަން ވެގެން ދިޔައީ އެހެން ނޫން ކަމަށެވެ.
"... އަހައްމައިދީ އަރިހުގައި އަޅުގަނޑު ނަންގަނެގެން މި ހޮވައިދިން ތިޔަބޭފުޅުންގެ ދާއިރާގެ އިއްޒަތްތެރި މެމްބަރު ރޮޒައިނާ އާދަމް. އެއީ އަޅުގަނޑުމެން ދެ މީހުން ކުރި ވިޔާނުދާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރޮޒައިނާ ހިމެނޭހެން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގައި ކުރިން އުޅުއްވި ބޭފުޅުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ވަކިވެ، ޑީއާރުޕީ ބައިބައިކުރުމަށް ފަހު ވަޑައިގެންނެވި ބައެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
"...ފެނިވަޑައިގަންނަވާނެ މި ބޭފުޅުން ރައީސް ވަހީދުގެ ދެފަރާތުގައި ތިއްބަވާ، ރައީސް ވަހީދޭ ޒައީމަކީ ތިޔައީ، ތީއޭ ހުރިހާވެސް އެއްޗަކީ އެމަގަށް ފައިސަލާ ކިޔަމުން ދިޔައީ.. ޒިންދާބާދު ކިޔަމުން ދިޔައީ.. ރައީސް ވަހީދަށް ލިބިވަޑައިގެންނެވީ %5 ވޯޓު" ރައީސް ނަޝީދު ވިދާޅުވިއެވެ.
"..މިއަދު ރައީސުލްޖުމްހޫރިއްޔާގެ މެސެޖިން، ރައީސުލްޖުމްހޫރިއްޔާ ކެމްޕޭނުގައި ދައްކާނެ ވާހަކަ، ވިދާޅުވާނެ ބަސްތައް، ވިދާޅުވާން އެ ތިއްބެވީ މި ބޭބޭފުޅުން. އެ ބޭފުޅުން އެ ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ވަށާލައްވާފަައި، ރައީސުލްޖުމްހޫރިއްޔާއެއް ނުއެއް ނެތް،" ރޮޒައިނާގެ ފިރިކަލުން [ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު] ނާޝިޒްވެސް މިހާރު ހުންނަވަނީ ރައީސު ޞާލިޙުގެ ކެމްޕޭން އޭޖެންޓަކަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
އާދޮގެއްނޫންދޯ!
އެބުނާ ހެން ތިމާގެބާރުގަ ދިވެހިއައިޑީ އެއްހަދާފަ
އަލަމްގިރިއަށް އެކަންކޮށްދިންނަމަދޯ ފަށްކާވީހޭ ހެހެހެހެ
އޭރުން ގުރޫޕް އެއްމެނާ އާއިލާގެ ތިއޮށްފަދަ ކުޅިގަނޑަށް
ހާދަ އަޅާލީހޭދޯ! ހެހެހެހެހެހެ
ރޮޒައިނާ އަށް ކުރެވުނު އެންމެ ވިޔާނުދާކަމަކީ އަންނި މަޖިލިސް ރައީސް ކަމަށް ގެނައުން.
ހެހެހޭ ބުއްޅަހޮއްކޮ ދެން ފައިންއަރާ