ފުވައްމުލަކުން، ޕީޕީއެމްގެ އިސް މެމްބަރުންތަކެއް އެމްޑީޕީއަށް

ފުވައްމުލަކުގައި އިސްކޮށްއުޅުނު ޕީޕީއެމްގެ ހަތަރު މެންބަރުން އެމްޑީޕީއާ ގުޅިއްޖެއެވެ.
އެ ހަތަރު މެންބަރުން އެމްޑީޕީއާ ގުޅުނުކަން ހާމަކޮށްފައިވަނީ ރޭ ފުވައްމުލައް ސިޓީ ބޭއްވި އެމްޑީޕީގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައެވެ.
އަދި މި ޖަލްސާގައި އެ މެންބަރުން އެމްޑީޕީ ސޮއިކޮށްފައިވާ ފޯމްތައް ރައީސް، އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ވަނީ އަރުވައިފައެވެ.
ރޭ ބޭއްވި ޖަލްސާގައި ލަވަކިޔުންތެރިޔާ އަދި ބަތަލާ މަރިޔަމް އަޝްފާ އާއި އަބްދުލްސަމީއު ވަނީ ރައީސް ޞާލިޙުގެ ޚާއްސަ ކެމްޕެއިން ލަވައެއް ހުށަހަޅައިދީ، އެމަނިކުފާނަށް ތާއީދު ކުރާކަން ވެސް ހާމަކޮށްފައެވެ.