ބޮލީވުޑް މުނިފޫހިފިލުވުން

ފުއްލާއެއް މަރާލުމުން ބަދަލު ހިފުމަށް، ސަލްމާން ޚާން މަރާލަން ރާވަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑު ސުޕަސްޓާރު ސަލްމާން ޚާން މަރާލުމަށް ރާވަމުން ދިޔަ ގޭންގުސްޓާރެއް އިންޑިއާ ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

ރިޕޯޓުތައް ބުނާ ގޮތުގައި ސަލްމާން މަރާލަން ރާވަމުން ދިޔަ މީހަކީ  ލޯރެންސް ބިޝްނޯއީ ގޭންގަށް ނިސްބަތްވާ އަމާޒަށް ބަޑި ޖަހާ މީހެކެވެ. މި މީހާ ހައްޔަރު ކޮށްފައި ވަނީ މީހަކު މަރާލުމުގެ ތުހުމަތުގައެވެ. ނަމަވެސް ފުލުހުން ކުރި ތަހުގީގުން އޭނާ ސަލްމާން ޚާން މަރާލުމަށް ރާވަމުން ދިޔަ ކަން ވަނީ ހާމަވެފައެވެ.

އެގޮތުން ފުލުހުން ބުނި ގޮތުގައި ސަލްމާން މަރާލުމަށް އެމީހުން ރާވައިފައިވަނީ ޖޯދްޕޫރުގައި 1998 ވަނަ އަހަރު ސަލްމާން ، ކަޅު، ދެ ފުއްލާ މަރާލި މައްސަލަައިގައި ހިތުގައި އޮތް ނަފްރަތެއްގެ ސަބަބުންނެވެ.

ސަލްމާން މަރާލުމަށް އޭނާ ވަނީ ޖެނުއަރީ މަހު މުމްބާއީ އަށް ގޮސް ސަލްމާންގެ ގޭކައިރީގައި ފާރައަށް ވެސް ހުރެފައެވެ. ނަމަވެސް މި ރޭވުން ކާމިޔާބު ނުވެ އޮތީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ދަތިތަކާއެކުގައެވެ.

1998 ވަނަ އަހަރު  "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިންގެ ތެރެއިން ދެ ، ކަޅު ފުއްލާ ޝިކާރަކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމުން ސަލްމާން ސަލާމަތް ވެފައިވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމުންނެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!