ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ 15 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ 15 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އއ. މާޅޮސް/ ނޫމާގެ، ޔައިޝް ނަސްރުﷲ އެވެ.
އޭނާ ނިޔާވީ ޔޫއިންގް ސަރްކޯމާ ނަމަކަށް ކިޔާ ކެންސަރަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔައިޝްއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ ތިން ވަރަކަށް އަހަރު ކުރިންނެވެ. އަދި މި ބައްޔަށް ފަރުވާ ހޯދުމަށް މީގެ ވިއްސައްކަ ދުވަސް ކުރިން އިންޑިއާއަށް އަށް ގޮސްފައިވެއެވެ.
ޔައިޝް ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.