ޚަބަރު ސިޔާސީ

ޕީއެންސީގެ ރިޔާސީ ޓިކެޓަށް މޭޔަރު މުއިއްޒު އަދި އާދަމް ޝަރީފު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވަން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚަޒބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯލިޝަންގެ ކެންޑިޑޭޓެއް ނެރުމަށެވެ.

ރައީސް ޔާމީނުގެ ކެންޑިޑޭސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ އެ ކޯލިޝަނުން މިހާރުވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.

ޑރ. މުއިއްޒާއި އާދަމް ޝަރީފް ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް މިކަން ކަށަވަރުކުރެވިފައިނުވެއެވެ. އެ ބޭފުޅުންވެސް އެކަމާ ގުޅޭގޮތުން ރަސްމީކޮށް މަޢުލޫމާތެއް ހިއްސާކޮށްފައިނުވާއިރު އެކަމަށް އެދޭ ފުރުސަތު ޕީއެންސީން އަދި ހުޅުވައެއް ނުލައެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވެސް ވަނީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް މިހާރު އެބޭފުޅާވަނީ އެ ވިސްނުން ދޫކުރައްވާފައެވެ.

މައުލޫމާތު ލިބޭގޮތުގައި، ޕީއެންސީގެ ރިޔާސީ ޓިކެޓަށް ފުރުސަތު މިއަދު ފުރުސަތު ހުޅުވާލާނެއެވެ. އެކަމަށް އެ ޕާޓީގެ ސެނެޓް ބައްދަލުވުމެއް ބާއްވާނެކަމަށާއި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމާއި އެ ގޮތަށް ނިންމައިފި ނަމަ ޕީއެންސީގެ އަސާސީ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނޭކަމަށްވެސް މައުލޫމާތު ލިބެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!