ޚަބަރު ސިޔާސީ

ރިޔާސީ ޓިކެޓަށް ޝައުގުވެރިވެވަޑައިގަންނަވާކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް ވާން ހުޅުވާލާ ނަމަ އެކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްުޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފު ވިދާޅުވީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރި ނަމަވެސް އަދިވެސް އުއްމީދަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭ ގޮތް ވުމެވެ.

ރައީސް ޔާމީން ޕީއެންސީގެ ސެނެޓުން ކެނޑިޑޭޓަކު ހަމަޖެއްސުމަށް އިރުޝާދު ދެއްވުމާގުޅިގެން ޕީއެންސީގެ ސެނެޓް މެންބަރުން ބާއްވާ ބައްދަލުވުމެއް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށިގެންދާނެއެވެ.

ރައީސް ޔާމީނުގެ ކެންޑިޑޭސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީނު ހުށަހެޅި ހުށަހެޅުން ޤަބޫލު ނުކުރި ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، އެމަނިކުފާނުހެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ޙުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އީސީން ވަނީ ނިންމައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!