ޚަބަރު

ޔާމީންގެ ކެންޑިޑަސީ މައްސަލަ ހުކުރު ދުވަހަށް ތާވަލްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް`

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ހުކުރު ދުވަހަށް ތާވަލު ކޮށްފިއެވެ.

Ads by Hajj Corporation

ކެންޑިޑަސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ ހުކުރު ދުވަހުގެ މެންދުރު 14:30 އަށެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން ކެންޑިޑަސީ ހުށަހެޅުމުން އީސީން. ވަނީ ކެނޑިޑަސީ ފޯމް ބަލައިގަންނަން ދެކޮޅު ހަދާފައެވެ.

އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮތުމުން ކަމަށެވެ.

ހުކުމެއް ތަންފީޒް ކުރަމުންދާތީ, ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަން ކޮމިޝަންއިން ނިންމާފައިވެއެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީ މައްސަލަ ސްޕްރީމް ކޯޓުން ހަތް ދުވަސް ތެރޭގައި ނިންމާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!