ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ ކެނޑިޑެސީގެ މައްސަލައަށް އޭޖީ ތަދައްޚުލު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ، ރައީީސް ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައަށް ޕީޕީއެމް ތަދައްޚުލުވެ، އެޓާނީ ޖެނެރަލްގެ އޮފީސް ތަދައްޚުލުކޮށްފިއެވެ.

Ads by Hajj Corporation

މި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 15:00 އަށެވެ.

ކެނޑިޑެސީގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް އޭޖީ އޮފީސް ތަދައްޚުލު ކޮށްފައިވަނީ ސުޕްރީމް ކޯޓަށް ޤާނޫނުން ލިބިދޭ އިހްތިޔާރުގެ ދަށުންނެވެ.

މީގެއިތުރުން ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ހަމަޖެއްސި ޕީޕީއެމްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރާ އެންމެހައި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށްޓަކައި، އެ މައްސަލައަށް ޕީޕީއެމްއިން ތަދައްޚުލުވެފައިވާ ކަމަށެވެ.

ރައީސް ޔާމީންއަށް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަ ނުކުރެވިދާނެތީ، ޕީއެންސީން ކެންޑިޑޭޓެއް ނެރެން ވަނީ ނިންމައިފައެވެ.

Ads by Allied Insurance
  1. އޭޖީ ސިޔާސީ މީހެއް ޖޭއެސްސީ މެމްބަރެއް ޝަރީއަތުގައި ބައިވެރި ކުރަނީ ކޮންކަމެއްގައިތޯ ؟