ޚަބަރު ސިޔާސީ

މި ހަފްތާ ތެރޭގައި ރައީީސް ޔާމީންގެ ކެނޑިޑެސީ ފޯމު ހުށަހަޅަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ހަފްތާ ތެރޭގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީން އަބްދުލްޤައްޔޫމްގެ ކެނޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ހުށަހަޅަން މަސައްކަތް ކުރަމުނ އަންނަ ކަމަށް އިދިކޮޅުން ބުނެފިއެވެ.

Ads by Sosun Fihaara

ޗެނަލް13ގައި ރޭ ވާހަކަ ދައްކަވަމުން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓް މުޙައްމަދު ތޮލާލް ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ މިހަފްތާގެ ތެރޭގައި ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު އީސީއަށް ހުށަހެޅޭތޯ ކަމަށާއި، ނަމަވެސް ވަކި ތާރީޚެއް ދަންނަވަން ދަތި ކަމުގައެވެ.

"އަޅުގަނޑުމެން އަދި ތަންތަނުން ސާފު ކުރަން ޖެހޭ މަޢުލޫމާތުތައް ސާފު ކުރުމުގެ މަސައްކަތް މި ކުރަނީ."

ތޮލާާލް ވިދާޅުވީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު ފުރުމަށް މުއައްސަސާތަކުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެހެންނަމަވެސް އިދިކޮޅުން މަސައްކަތް ކުރިއަށް ގެންދަނީ ރައީސް ޔާމީންއަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ނުދިނުމަށް ސަރުކާރުން ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށް ދެކިގެން ކަމަށެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމުގައި، އެމަނިކުފާނު އިއްޔެ ވަނީ ސޮއި ކުރައްވައިފައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވައިލައިފައިވާއިރު، އަންމަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެއެވެ.

ރައީީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ވ.އާރަށް މައްސަލައިގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެމަނިކުފާނަށް އިއްވައިފައިވާ 11 އަހަރުގެ ޖަލު ޙުކުމެވެ. ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވަނީ، މި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގެންފައި ނުވިޔަސް، ރިޔާސީ އިންތިޚާބަށް ވަގުތު އޮއްވައި ރައީީސް ޔާމީނަށް ޤާނޫނީ ފަރުވާ ލިބޭނެ ކަމަށެވެ.

 

Ads by Ooredoo
  1. ދިވެހި ޒުވާނުން

    ކޮބާ ފުރަތަމަ ސާއަތު ވަގުތުގެ. އެވަގުތު ފާއިތުވެއްޖެ އަދިވެސް ފޯމު ނުލެވޭ. ރައްޔިތުން މޮޔަ ނުހައްދާވޭތޯ ބަލާ ކިހެނެއްހޭ ހުކުމެއްގާ ވާ މީހަކަށް ރައީސްކަމަށް ކުރިމަތިލެވޭނީ. އެއީކީ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއްނޫން