ޚަބަރު ސިޔާސީ

ޓޮމް ހައިކޯޓުގެ ފަނޑިޔާރުންނަށް: ހިތްވަރުނެތިއްޔާ ތަނާޒިލްވޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހައިކޯޓް ފަނޑިޔާރުންގެ ޗުއްޓީއަކުން ދިވެހިރާއްޖެ އަޅުވެތިކަމަށް ދޫކޮށްލާފައި ވާކަމަށާއި ފަނޑިޔާރުންގެ ހިތްވަރުނެތިއްޔާ ތަނާޒިލްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤު (ޓޮމް) ގޮވާލައިފިއެވެ.

Ads by Hajj Corporation

މިނިވަން ދުވަހުގެ މުނާޞަބަތުގައި ޓޮމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން ދުވަހުގެ ތަހުނިޔާ ކިޔާނީ މިނިވަންކަންމަތީ އޮންނަ ޤައުމުތަކުގައިކަމަށެވެ.

"މިނިވަން ދުވަހުގެ ތަހުނިޔާ ކިޔާނީ މިނިވަންކަންމަތީ އޮންނަ ޤައުމުތަކުގައެވެ. ހައިކޯޓު ފަނޑިޔާރުންގެ ޗުއްޓީއަކުން ދިވެހިރާއްޖެ އަޅުވެތިކަމަށް ދޫކޮށްލާއިރު، ރިޔާސީ އިންތިޚާބުގެ ގޮތް ނިންމުންއޮތީ ހައިކޯޓް އެ ދެ ފަނޑިޔާރުންނާ ގުޅިފައެވެ. ހިތްވަރުނެތިއްޔާ ތަނާޒިލު ވާށެވެ." ޓޮމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު ޓޮމް ނިސްބަތްވާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެސީއާއި މެދު އަދި ވެސް ވަނީ ޔަގީން ކަން ނުލިބިއެވެ. އެހެންނަމަވެސް އިންތިހާބުގައި ވާދަކުރައްވަން އެމަނިކުފާނު ވަނީ ފޯމުގައި ސޮއިކޮށް އެފޯމް ޕާޓީގެ އޮފީހާއި ހަވާލުކޮށްފައެވެ.

އެހެންނަމަވެސް އެމަނިކުފާނަށް އިންތިޚާބުގައި ވާދަ ކުރެއްވޭނޭތޯ ނުކުރެއްވޭނެތޯ އަދި ވަނީ ޔަޤީން ނުވެއެވެ.

ސަބަބަކީ އެމަނިކުފާނުގެ މައްޗަށް ސާބިތުވާ މަނީ ލޯންޑްރިންގެ މައްސަލާއާއި ރިޝްވަތުގެ މައްސަލައިގެ ޙުކުމް އެމަނިކުފާނުގެ ތަންފީޒްކުރައްވަމުން ދިޔުމެވެ.

Ads by HDC
  1. މިޓޮމެއްތޯ.ބޮމެއްވެސް ދެދުވަހު ހަމަޔަށްއެކައްޗެއްކިޔާކަށް ނޭގޭނެ!
    ލަފާ ކުރެވެނީ މާގިނައިން މުރަވަކި ކޭމަވާގޮތެއްކަމަށް!