ޚަބަރު ސިޔާސީ

ކުރިއަށް އޮތް ކޮންމެ ދުވަހެއްވެސް ހޭދަކުރާނީ ރައީސް ޔާމީން މިނިވަން ކުރުމަށް: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ކޮންމެ ދުވަހެއްވެސް ހޭދަކުރާނީ އިދިކޮޅު އިއްތިހާދުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ނުލިބި ރާއްޖޭގެ ކޯޓު ނިޒާމުގެ ތެރޭގައި އެ މަނިކުފާނު ކަސްތަޅު އަޅުވައިފައިވާ ކަމަށެވެ. އަދި އެ މަނިކުފާނުގެ އަސާސީ އެތަކެއް ޙައްޤެއް އަނިޔާވެރިކަމާއެކު ނިގުޅައިގަނެފައިވާ ކަމަށާއި މިއީ ބަލައިގަނެގެން ހުރެވޭނެ އަނިޔާއެއްނޫން ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ކޮންމެ ހަފްތާއެއް އަދި ކޮންމެ ދުވަހެއްވެސް ހޭދަކުރާނީ ހަމަ ރައީސް ޔާމީން މިނިވަން ކުރުމަށް" ޖަމީލް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމުން ހުށައެޅީ ރައީސް ޔާމީންގެ ނަންފުޅެވެ. އެހެންނަމަވެސް ރިޝްވަތު ނެގުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވުމާއި ދައުލަތަށް ދައްކަންޖެހޭ ދަރަންޏެއް އޮތުމުން ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރުރެއްވުމުގެ ޝަރުތު އުނިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި އެ ނިންމެވުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!