ޚަބަރު ސިޔާސީ

ވެރިކަމަށް އަޔަސް ނަޔަސް، އަޅުގަނޑު ދީފައިވާ ހުރިހާ ސްޓޫޑެންޓް ލޯނެއް މާފުކޮށްދޭނަން: ޤާސިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ މަހު 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރިޔަސް ނުކުރިޔަސް ދީފައިވާ ހުރިހާ ސްޓޫޑެންޓް ލޯނެއް މާފްކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖޭޕީގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް ދަރިއަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

“އަޅުގަނޑުގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ކިޔަވަން އެއްވެސް ދަރިވަރަކު ނަގާފައި އޮތް ލޯނެއް ދައްކާކަށް ނުޖެހޭނެ. އެންމެ ލާރިއެއް ވެސް” ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އަމިއްލަ ގޮތުން 8،000 ދަރިވަރުންނަށް ކިޔަވަން އެކި އެހީތަކާއި ލޯނުތައް ދީފައިވާނެ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންނަށް ދީފައިވާ ލޯނުތައް ވެސް މިހާރު މައާފުކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

“އެހުރިހާ ކުދިންގެ ހުރިހާ ލާރިއެއް އަަޅުގަނޑު މާފުކޮށްދިނީމޭ. ކޮންމެ ކުއްޖަކު ވެސް، އަދި މިހާރު ކިޔަވަމުންދާ ކުދިން ވެސް ކޯސް ނިމެންދެން ދީފައި ދީފައި ހުރި ހުރިހާ އެއްޗަކީ އެއީ މާފު. އެންމެ ކުއްޖަކު ވެސް ލާރިއެއް ވެސް ދައްކާނެ ކަމެއް ނެތް އަޅުގަނޑަށް ވެރިކަން ލިބުނަސް ނުލިބުނަސް” ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސިއްހީ ދާއިރާއިން ކިޔެވި ދަރިވަރުން ދައްކަން ޖެހޭ ލޯނު ވެސް މީގެ ކުރިން މައާފުކޮށްދީފައިވާނެ ކަމަށެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!