ޚަބަރު މީހުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގައި ޖަލުގައި ހުރި ގައިދީއެއްގެ ހިތް ހުއްޓިގެން ނިޔާވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ހުޅުމާލެ ޖަލުގައި ހުރި ގައިދީއެއްގެ ހިތް ހުއްޓިގެން ނިޔާވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by MWSC

މައުލޫމާތު ލިބޭގޮތުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދަނިކޮށް ނިޔާވެފައިވަނީ، ބ. ތުޅާދޫ ބޯދި އިސްމާޢީލް އަބޫބަކުރު ،55، އެވެ. އޭނާގެ މައްޗަށް ވަނީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ޙުކުމެއް އިއްވާފައިކަމަށްވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، އިސްމާޢީލް އަބޫބަކުރުގެ މެޔަށް ތަދެއްއަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފަށާފައިވާކަމަށާއި އޭނާގެ ޙާލަތު އިތުރަށް ގޯސްވެ، އެމެޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުންދަނިކޮށް މިއަދު 3:25 ގައި އޭނާގެ ހިތްހުއްޓިގެން ނިޔާވިކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއްވާފައިވާކަމަށެވެ.

އިސްމާޢީލް އަބޫބަކުރަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫންކަމަށާއި އޭނާ ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.

Ads by HDC
  1. ލަކުޑި ކަޅޭ

    މިތިބައާލާތުންތަކާހެދިހޭބަލިވެފާނެ ތިހުރިހާއެންމެނާގުޅީމާވެސް އަބޫބަކުރު މަރުނުވާކަމައްވާނެތަ

    • ކަރެކްޝަން ބޮޑުމީހާ

      ބުނައް ގަމާރުވިޔަސް ގަމާރު ވާންވާނީ ހިތަށް ކެއިވާމިންވަރައް