މާލޭގައި ބާއްވާ ޑިމޮކްރެޓްސްގެ ކެމްޕޭނުގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކާ ރައީސް ނަޝީދު ބައްދަލު ކުރައްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބު އަދި ރަނިންމޭޓް ޙުސައިން އަމްރުގެ ކެމްޕޭންތަކުގައި މާލޭގައި ހިންގާ ހަރަކާތްތަކުގައި މަސައްކަތްކޮށްދެއްވަން ޝައުޤުވެރިވާ ބޭފުޅުންނާއި ބައްދަލުކުރައްވަން ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީށް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރެޓްސްގެ މާލޭގެ ކެމްޕޭންތަކުގައި މަސައްކަތްކުރައްވަން ބޭނުންފުޅުވާ ބޭފުޅުން މާދަމާ ހެނދުނު 10 އިން 12 އާ ދެމެދު ގ. ބޮޑުފެންވަޅުގެއަށް ވަޑައިގެންނެވުމަށެ.
ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު، ދަ ޑިމޮކްރެޓްސްއިންވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭނު ހަރަކާތްތައް ފޯރިއާއި އެކު ކުރިއަށް ގެންދަމުންނެވެ.