ޚަބަރު ސިޔާސީ

ރައީސް ޞާލިޙު ކުޑަކޮށް ވެސް ކޯފާ އިސްކުރެއްވި ތަނެއް ނުދެކެން: އިމްރާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުޑަކުޑަކޮށް ވެސް ކޯފާ އިސްކުރެއްވި މަންޒަރު ފެނިވަޑައިގެންފައި ނުވާ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިއްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by MWSC

ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ރައީސް ޞާލިޙަށްވުރެ ޚުލްޤު ހެޔޮ، ކެތްތެރި، އަދި ޙިކުމަތްތެރި ސީނިއަރ ޕޮލިޓީޝަނެއް ނެތް ކަމަށެވެ.

"އަދި ތަފާތު ޚިޔާލުގެ މީހުން ގޮވައިގެން އުޅުމަށް، ރައީސްއަށްވުރެ ކުޅަދާނަ ބޭފުޅަކު ނުހުންނާނެ. އަޅުގަނޑެއް، ވަރަށް ތެދަށް ބުނަންޏާ، އެއްވެސް ކަމެއްގައި، ކުޑަ ކުޑަކޮށް ވެސް ކޯފާ އިސްކުރެއްވި ތަނެއް އަޅުގަނޑެއް ނުދެކެން."

އެމްޑީއޭ އާއި އަދާލަތު އަދި އެމްޑީޕީގެ ކޯލިޝަނަކީ އެންމއ ބޮޑު ކޯލިޝަން ކަމަށާއި، ރާއްޖެއަށް ހަމަޖެހުން ގެންނަވައި، ވެރިކަން ކުރައްވަން އެމަނިކުފާނަށް މި ކޯލިޝަނުން އެހީތެރިވާނެ ކަމުގައެވެ.

"ވެރިކަން އޮމާންކަމާއި ސާބިތުކަމާއެކުގައި ކުރުމުގައި އެއްވެސް ހުރަހެއް ރައީސް އަކަށް ނޯންނާނެ. ރައީސް ހުރިހައި ފޯކަސްއެއް ކުރަންވީ ކޮން ކަމަކަށް؟ ހަމައެކަނި ރައްޔިތުންނަށް ފައިދާހުރި ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން."

އިމްރާން ވަނީ ރައީސް ޞާލިޙަށް ވަރަށް އިމްރާން އިތުރަށް ވިދާޅުވީ މިހާރު ފެށިފައި ހުރި މަޝްރޫޢުތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމާ، އައު އިތުރު ޕްރޮޖެކްޓްތައް ހިންގުމަށް ކޯލިޝަން ބައިވެރިންގެ ހުރަހެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އިމްރާން ވަނީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން، ވިސްނުމާއި ބުއްދި ހުރި ކޮންމެ ރައްޔިތަކު ވެސް، ހެޔޮވެރިކަމަކަށް އެދޭނަމަ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންވީ ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކަމަށެވެ.

 

 

Ads by Ooredoo
  1. ދިވެރިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރަން އަދާލަތު ޕާޓީ އިސްލާހު ކޮށް އަދާލަތުގެ ލީޑާޝިޕް ރަގަޅު ކޮށް ޝޭހު އިމްރާން ޕާޓީގެ ލީޑާ ޝިޕުން އެކަހެރިވާންޖެހޭ ހެދުނު މިސްޓޭކްގެ ސަބަބުން ގިނަމެން ބަރުން އިމްރާނުގެ ލީޑާޝިޕް ބަދަލްވާން ބޭނުންވޭ ރަގަޅު ލީޑާޝިޕަކަށް ފުރުސަތު ލިބެންޖެހޭ !