Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޒަމީލާއި ބައްދަލުކުރަން ބޭނުންވާ މީހުންނަށް މިރޭ ފުރުސަތު ދެނީ

ޒަމީލާއި ބައްދަލުކުރަން ބޭނުންވާ މީހުންނަށް މިރޭ ފުރުސަތު ދެނީ

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ނަންބަރު 2، ހަސަން ޒަމީލްއާ ބައްދަލު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލައިފިއެވެ.

ޒަމީލް އިންތިޚާބުގައި ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ޒަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ޒަމީލްއާ ބައްދަލު ކުރަން ބޭނުންވާ މީހުންނަށް މިރޭ 8:30ން 10:00ށް މއ. މާވެޔޮވިލާ، މާވެޔޮމަގު (ޖަވާހިރު ގޯޅި، ކައުންޓްލައިން ބިލްޑިންގ)، 10 ވަނަ ފަންގިފިލާގައި އެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޒަމީލް ވިދާޅުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އޭނާ ނިކުމެވަޑައިގަތީ، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ޙާލަތުން ޕާޓީ ކޯލިޝަނަކުން އުފައްދާ ސަރުކާރަކުން ޤައުމުގެ ކަންކަން ރަނގަޅު ކުރެވޭނެކަމަށް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާތީކަމަށެވެ.

އެހެންކަމުން ރާއްޖެ ރަނގަޅު މަގަކަށް އަނބުރާލުމަށްޓަކާ ކުރަންޖެހޭ ބައެއް ކަންތައްތައް އެމަނިކުފާނުގެ މެނިފެސްޓޯގައި ވަނީ ހިމަނުއްވާފައެވެ.

އެގޮތުން ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 20000 އާއި 25000 ރުފިޔާ ދެމެދުގެ ޢަދަދެއް ހަމަޖައްސާނެކަމަށް ވަނީ ކަނޑައަޅަފައެވެ.

އަދި ބުރަ މަސައްކަތް ނުވަތަ ގެއްލުމެއް ލިބިދާނެފަދަ މާހައުލެއްގައި މަސައްކަތް ކުރާ މުއައްޒަފުންގެ މުސާރަ ނުވަތަ އިނާޔަތްތައް އިތުރު ކޮށްދެވޭނޭ ގޮތެއް ހޯއްދަވާނެކަމަށްވެސް ޒަމީލްގެ މެނިފެސްޓޯގައިވެއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް