Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އަޅުގަނޑުގެ ވެރިކަމެއްގައި ޒަކާތް ދިނުން ޤާނޫނުން ލާޒިމުކޮށް ޒަކާތް ނުދައްކާ މީހުންނަށް އަދަބުދޭނަން: ޒަމީލް

އަޅުގަނޑުގެ ވެރިކަމެއްގައި ޒަކާތް ދިނުން ޤާނޫނުން ލާޒިމުކޮށް ޒަކާތް ނުދައްކާ މީހުންނަށް އަދަބުދޭނަން: ޒަމީލް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ، ޤާނޫނަކުން ޒަކާތް ލާޒިލް ކޮށް ޒަކާތް ނުދައްކާ މީހުންނަށް އަދަބު ކަނޑައަޅުއްވާނެކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ރިޔާސީ ސިޔާސަތު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަމީލް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ދަރަނި މެނޭޖުކުރެއްވުމަށް ކުރައްވާނެ އެންމެ މުހިންމުކަމަކީ ޒަކާތް ނެގޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެއްވުންކަމަށާއި އެގޮތުން ޒަކާތަކީ އިސްލާމް ދީނުގައި ލާޒިމް ކަމަކަށްވާއިރު ޒަކާތް ދިނުމަށް މިހާރު ރައްޔިތުން މާބޮޑު ސަމާލުކަމެއް ނުދެއްވާކަމަށް ޒަމީލް ވިދާޅުވިއެވެ.

"ޒަކާތަކީ އިސްލާމް ދީނުގައި ފަރުޟަކަށް ވާއިރުގާ، ގާނޫނަކުން މިކަން ތަންފީޒަ ކުރެވިފައި ނެތީމަ ޒަކާތް ނުދައްކާގެން މިހާތަނަށް މިކަމަށް ފިތަވަޅެއް އެޅިފައެއް ނެތް. ފިޔަވަޅެއް ނުވެސް އެޅޭ. އިސްލާމީ ޝަރީއަތް އަޅުގަނޑުމެން އެހާ ސްޓްރިކްޓްކޮށް ގާއިމްކުރާ ގޮތަކަށް ނޫން އަޅުގަނޑުމެންގެ މަޞްރަހު އޮތީކީ." ޒަމީލް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އަދި ޒަކާތް ނުދައްކައިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ޤާނޫނަކުން ޒަކާތް ލާޒިލް ކޮށް ޒަކާތް ނުދައްކާ މީހުންނަށް އަދަބު ކަނޑައަޅުއްވާނެކަމާއި ޒަކާތުން ލިބޭޏެ އާމްދަނީގެ އަންދާޒާއެއް މިވަގުތު ހެއްދެވިފައިނުވިނަމަވެސް ޒަކާތް ނެގުމަށް ޤާނޫނަކުން ލާޒިމްކޮށްފިނަމަ ވަރަށް ބޮޑު އާމްދަނިއެއް ދައުލަތަށް ލިބޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް