Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޯލިޝަނެއްގައި ބައިވެރިނުވުމަށް ޒަމީލް ނިންމަވައިފި

ކޯލިޝަނެއްގައި ބައިވެރިނުވުމަށް ޒަމީލް ނިންމަވައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަވާ އެއްވެސް ބޭފުޅަކާއިއެކުގައި ކޯލިޝަން ނުހެދުމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޙަސަން ޒަމީލް ނިންމަވައިފިއެވެ.

ޒަމީލު މިގޮތަށް ވިދާޅުވީ، ދެވަނަ ބުރުގައި ކޯލިޝަން ހައްދަވައިފާނެތޯ އޮންލައިން ނޫހަކުން ސުވާލު ކުރުމުން ދެއްވި ޖަވާބުގައެވެ. އޭނާ ވަނީ ރިޔާސީ ކެމްޕެއިނުގައި ވެސް، ކޯލިޝަން ސަރުކާރެއްގެ ސަބަބުން، ރައްޔިތުންނަށް ފައިދާ ނުވާ ކަމަށް ވިދާޅުވެ، ކޯލިޝަން ހެދުމާއި ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޒަމީލު 327 ވޯޓު ހޯއްދެވިއެވެ. އިންތިޚާބުގައި އޭނާ ވާދަ ކުރައްވާކަން ހާމަކުރެއްވުމުގެ އެއްމަސް ދުވަސް ކުރިން، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވިއެވެ. ޒަމީލު ވަނީ އޭނާއަށް ވޯޓު ދެއްވި މީހުންނަށް ޝުކުރު އަދާކުރައްވައި، ނަތީޖާއިން އުއްމީދު އައުވެގެން ދިޔަ ކަމަށް ވެސް ވިދާޅުވެފައެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް