Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ލިބުނު ތާއީދާއެކު އުންމީދު އައުވެއްޖެ: ޒަމީލް

ލިބުނު ތާއީދާއެކު އުންމީދު އައުވެއްޖެ: ޒަމީލް
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ލިބުނު ކުރެވުނު މަސައްކަތަށް ބަލާއިރު ލިބުނު ލިބުނު ތާއީދުގެ ސަބަބުން ތެދު ކުރިއަރާނެ ކަމަށް އުންމީދު އައުވެއްޖެ ކަމަށް, ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ. ޒަމީލް މިހެން ވިދާޅުވީ, ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަށް ދިޔަ ކެނޑިޑޭޓުންނަށް މަރުޙަބާ ދަންނަވާ ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. "9 ސެޕްޓެންބަރު 2023 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް އިތުބާރު ކުރައްވައި ވޯޓު ދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާސްތެރި ޝުކުރު ދަންނަވަން. ވާދަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތަށް ބަލާއިރު، ތިޔަ ދެއްވި ތާއީދުގެ ސަބަބުން، ތެދު ކުރިއަރާނެކަމަށް ކުރެވޭ އުންމީދު އައުވެއްޖެ." ޒަމީލް ވިދާޅުވިއެވެ. ޒަމީލް ވަނީ ދެވަނަ ބުރަށް ދިޔަ ދެ ކެނޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެ, ޤައުމަށް ހެޔޮ ގޮތް އިޚްތިޔާރު ކުރުމަށް ނަސޭހަތްތެރިވެފައެވެ. އިއްޔެ ބޭއްވުނު އިންތިޚާބުގައި ޒަމީލަށް ލިބިވަޑައިގަތީ ޖުމްލަ 327 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 0.15 އިންސައްތައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް