ޚަބަރު ސިޔާސީ

އިދިކޮޅު ކެނޑިޑޭޓުން ވާނެ އިތުރު ވައުދެއް ނޯންނާނެ: ރައީސް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ޞާލިހު އއ. ތޮއްޑޫގައި

މިސަރުކާރުން ރަށްރަށަށް ވަމުން އަންނަ ވައުދުތަކުގެ އިތުރަށް އިދިކޮޅު ކެނޑިޑޭޓުން ވާނެ އާ ވައުދެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން އއ. ބޮޑުފުޅަދޫއަށް ވަޑައިގެން ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބެލީ ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީކުރެވޭތޯ ކަމަށެވެ. ކުރީ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން ރައީސް ވަނީ އޭރު އެމަސައްކަތްތަކުގެ ކުޑަ މިންވަރެއް ފުރިހަމަކޮށްފައިވީނަމަވެސް މިސަރުކާރުން ގިނަ މަޝްރޫއުތައް ހިންގަން ނުޖެހުނީސް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި 2018 ގައި ވީ ވައުދުތަކުގެ 90 އިންސައްތަ ވަނީ ފުރިހަމަ ކުރެވިފަ އެވެ. ބައެއް މަސައްކަތްތައް މުޅިން ނިންމާފައިވާއިރު އަނެއްބައި މަސައްކަތްތައް ދަނީ ކުރިއަށްކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑުފުޅަދޫގައި ހުންނަވައި ރައީސް ވަނީ އެރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަޝްރޫއު ތަކަކީ ބަނދަރު ބޮޑުކޮށް ތަރައްގީ ކުރުމާއި، ރޯހައުސް އެޅުމުގެ އިތުރުން މަގުތަކުގައި ތާރު އެޅުމުގެ ވައުދެވެ. މީގެ އިތުރުން ބޮޑުފުޅަދޫގައި ކުޅިވަރު ދަނޑުތައް އެޅުމާއި ސްކޫލު އިމާރާތަށް ކްލާސް ރޫމް އިތުރު ކުރުންފަދަ މަޝްރޫއުތައް ވެވަޑައިގެންނެވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ވާދަވެރި ކެންޑިޑޭޓުން ރައްޔިތުން ގާތަށް އައިސް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުން ގަބޫލުކުރާނެ ފަދަ ވާހަކައެއް ވެސް ނުދެއްކޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީން އަދާލަތު ޕާޓީއާއި އެމްޑީއޭއާއިއެކު ހަދާފައިވާ ކޯލިޝަންގައި މެމްބަރުން ގިނަކަން މި ޖަލްސާގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އެކޯލިޝަންގެ މެމްބަރުންގެ އަދަދަށް ބަލާއިރު އެއްވެސް ކެނޑިޑޭޓަކަށް ވާދަނުކުރެއްވޭނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ކަލޯ މިގައުމުގަ މީހުން މެރުން މަސތުވާ ތަކެތި އެތެރެ ކުރުން ކޮރަޕްޝަނާއި ފަސާދަ މިކަންކަން ޙައްލު ކޮއްފިންތަ

  2. ވިސްނާށޭ

    މިއުޅެނީ ވައުދު މަދުވެގެންދޯ! ވައުދަށް ވޯޓުލާ ޒަމާނެއްނޫނޭ މީ. މިހާރު ބަލަނީ މެނިފެސްޓޯތައް ހަމަޖެހޭތޯއާއި، ހެވާއި ނުބައި އެގެނީ ކޮންބަޔަކަށްތޯއާއި، ބަހާއި އަމަލު ދިމާކޮށް ރަގަޅު އަޚުލާގަކާއި ރީތި އަދަބުގެ ވެރީންނަކީ ކޮންބައެއްތޯއެވެ.