ޚަބަރު ސިޔާސީ

ނުހިއްކާ އޮތް ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރާތީ ރައީސް ނަޝީދު ކަންބޮޑުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފޮޓޯ: ހައުސިން މިނިސްޓްރީ

މާލެ ސަރަހައްދުގައި ނުހިއްކާ އޮތް ތަންތަނުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by STELCO

ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ޕްރޮގުރާމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ގުރުލުން މިހާރު ދަނީ ކުރިއަށެވެ. އެ ރައްޔިތުންނަށް ބިން ދޫކުރަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީން ހިއްކާފައިވާ ބިމުންނާއި އެތަނުގައި ނުހިއްކާ އޮތް ބިމުންނެވެ.

މީގެ އިތުރުން ގުޅީފަޅު ބިމުން ބައެއް ގޯތި ދޫކުރާއިރު އަދި ހިއްކަން ނުފަށާ ގިރާވަރު ފަޅުންވެސް ދަނީ ބިން ދޫކުރަމުންނެވެ.

މިކަމާއި ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް މާލެ ސަރަހައްދުގެ ހިކިފަސް ތަނަކުން ބޯހިޔާވަހިކަން ހަމަޖައްސަންޖެހޭ ކަމަށެވެ.

"ގިރާވަރުފަޅު ހިއްކާ ވާހަކައަކީ އަދި މާ ބޮޑު ޕްލޭނެއް ނެތް، ވަރަށް ދުރު ވާހަކައެއް" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ގިރާވަރު ފަޅުން ގޯތި ދޫކުރަމުން ދާއިރު އެތަން އަދި އޮތީ ނުވެސް ހިއްކަ އެވެ. އެހެންކަމުން ކުރިއަށް އޮތް 05 ވަރަކަށް އަހަރު ތެރޭގައިވެސް އެތަނުން ގޯތި ދޫކޮށް ތަރައްގީވެ މީހުން އާބާދުވާނެކަމަކަށް ނުބެލެވެ އެވެ.

ސަރުކާރުން ނިންމީ މާލޭ ރަށްވެހިންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް މިސަރަހައްދުން ގޯތި ދޫކުރާށެވެ. އެހެންނަމަވެސް ހުޅުމާލެއިން ދޫކުރެވެން އޮތީ 1،300 އެއްހާ ބިން ކަމަށްވާތީ ބާކީ ގޯތިތައް ދޫކުރަނީ ގުޅީފަޅުންނާއި ގިރާވަރު ފަޅުންނެވެ.

ރިޔާސީ އިންތިހާބުގެ ވޯޓަށް މަސްދުވަހަށް ވެފައިވަނިކޮށް ގުރު ނަގައި ގޯތި ލިބުނުކަމުގެ ލިޔުން ސަރުކާރުން ދޫކުރަން ފެށިއިރު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓެއްވެސް ސަރުކާރުން ވަނީ އާންމު ކޮށްފަ އެވެ. އެލިސްޓުގައި ހިމެނޭ ގިނަ މީހުންނަށް ދޭން ނިންމާފައިވާ ފްލެޓު މަޝްރޫއުތަކުގެ ބިންގާވެސް އަދި ނާޅަ އެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ދަނީ އެމީހުންނަށްވެސް ލިޔުން ދޫކުރަން ތައްޔާރުވަމުންނެވެ.

  1. އަލްމޮގިރި

    ކޮއްކޮ އަދިވެސް ފިރިހެނުންނާގާތްވެ އެގޮތަށް އުޅޭތީ ވަރަށް ބިރުގަނޭ. އެކަން ރަނގަޅުވާޏެ ފަދ އަދަބެއް ޢޭނާޢަށް ދީޞަލަ އަންނި.

  2. ކޭލިވިލު

    އެވަރުވެސް ކަލެއަކަށް ނުވިޔެއްނު. ދެން މަޑުން ހުރޭ. ޞާލިޙު އަކީ އިޚްލާޞްތެރި ބޭފުޅެއް. މިހާރު އަހަރެމެންނަށް ޔަޤީންވޭ ކޮންމެވެސްތާކުން ގޯތި ލިބޭނެކަން. ލަސްވުން މައްސަލައެއްނޫން. މިއޮއްހުރިހާދުވަހުވެސް ތިބީ އުއްމީދެއް ނެތް ޙާލުގަ. އެކަމަކު މިހާރު އުއްމީދުގެ ހުޅުކޮޅު އެމަނިކްފާނު އެ ދިއްލާލީ. ވޯޓް ޞާލިޙަށް ޔަޤީން.

  3. ފޫވައް

    އަހަރެމެން މާކަންބޮޑުވޭ، އަރަބިއްޔާ ކޮށި، އޯޑިއޯން ކޮއްޓާއި ނާދީކޮށި އިންޑިޔާ މީހުންނަށް ދިނީމަ. މިއީ ވެރިކަން ކުރާރަށުގެ މުހިންމު ސަރަހައްދުތައް.

  4. އަލިދީދީ

    ކެމްޕެއިނަށް ދައުލަތުގަ ހުރިއެއްޗެއް ތަޅަބުރުވާތަން މިފެންނަނީ
    .މީސީދާ ކޮރަޕްޝަންސް.