ޚަބަރު

އިންޑިއާއިން ރާއްޖެއަށް 7000 ފޮތް ހަދިޔާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން 7،000 އަށް ވުރެ ގިނަ ފޮތް ރާއްޖެ އަށް ހަދިޔާކޮށްފިއެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ ޖަމާލުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަދިޔާކޮށްފައި ވަނީ ޖުމްލަ 7،115 ފޮތް ކަމަށެވެ. މީގެ ތެރޭގައި އެކި ދާއިތަކުގެ ފޮތްތައް ހިމެނެއެވެ.

ފޮތްތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.

ފޮތް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި އިއުލާނުކުރެއްވި، 215 ސްކޫލެއްގައި "އެންރިޗިންގް ސްކޫލް ލައިބްރަރީޒް" ޕްރޮޖެކްޓަށް ހަދިޔާކުރި ފޮތްތަކެއް ކަމަށެވެ. އެ ޕްރޮޖެކްޓްގެ ފުރަތަމެ ބެޗްގައި 10،000 އަށް ވުރެ ގިނަ ފޮތް ހަދިޔާކުރަން ހަމަޖެހިފައިވެ އެވެ.

Ads by HDC
  1. ޖަމިއްޔާ

    ޢައިރު ދީންތަކުގެ ފޮތްތައް ނެތްބާ ތިތާނގަ؟