ޚަބަރު

ބައެއް ކެންޑިޑޭޓުންގެ ވާހަކަތަކުން ހީވަނީ ޚުދުމުހުތާރު ވެރިކަމެއް ކުރައްވަން އުޅޭހެން: ރައީސް މައުމޫން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ވާހަކަތަކުން ހީވަނީ ޚުދުމުހުތާރު ވެރިކަމެއް ކުރައްވަން އުޅޭހެން ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް މައުމޫން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަފައިވާ ކެންޑިޑޭޓުން ކެމްޕެއިނުގައި ސަޕޯޓަރުންނާއި ބައްދަލު ކުރައްވައި ދައްކަވާ ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައެވެ.

ބައެއް ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގެން މިހާރު ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތައް ހުއްޓައިލާނެ ކަމަށް ވިދާޅުވެއެވެ.

އަދި ބައެއް ކެންޑިޑޭޓުން ވަކި ރަށްތަކަކަށް ކަންތައްތައް ކޮށްދެއްވާނެ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ވަކި ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓުންގެ ނަން ވިދާޅު ނުވެ، ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބައެއް ކޭންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ހީވަނީ ޚުދުމުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން ކަމަށެވެ.

"ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ގާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟" ރައީސް މައުމޫން ސުވާލުކުރެއްވިއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އަމިއްލަ ގޮތުން ވާދަކުރައްވައެވެ.

 

Ads by Allied Insurance
  1. ދަރިއައް 5

    މާމޫނޭ ކީއްތަވެގެން ތިއުޅެނީ ދަރިފުޅު ދާނީ 5 ވަނަޔައް ތިސަކަރާއްނުޖަހާ ގޭގަ އޮވެބަލަ

  2. މިރާއްޖޭގައި 30 އަހަރު ވެންދެކަށް ހުދުމުހުތާރު ވެރިކަން ކުރިބޭފުޅަކަށް ހުދުމުހުތާރު ވެރިކަން އެގޭނީވެސް، ހުދުމުހުތާރު ވެރިކަމަކީ ދިވެހިން ދަންނަ ވެރިކަމެއްވެސް ނޫން !

  3. ދިން ނަސަބު އޮޅި ބޮޑާ ކަމުގާ، ފެތިޣަރަގުކޮށް ރަހުމްކުޑަކޮށް، ވޭތުކޮށްފާހޭ އަނިޔައިގައި، ބަލަގަ ތިވަނީ ފަނާވާންހޭ؟ އިންސާނާ…

  4. ޜައީސް ތިވިދާޅުވެލެއްވީ ހަމަ ތެދުފުޅެއް