ވޭމަންޑޫ ކައުންސިލްގެ ބައިއިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި

ހުސްވެފައިވާ ތ.ވޭމަންޑޫ ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ގޮނޑި އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
މި މަހުގެ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ޕީޕީއެމްގެ ކެނޑިޑޭޓް ތ.ވޭމަންަޑޫ ، ނާއިލާ މުޙައްމަދު ހޮވިފައި ވަނީ އިތުރު ފަރާތަކުން ފުރިހަމަ އެޕްލިކޭޝަނެއް ހުށަހަޅައިފައި ނުވާތީއެވެ. މި އިންތިޚާބަށް އެމްއެންޕީގެ ކެނޑިޑޭޓެއް ވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް ހުށަހެޅުން ފުރިހަމަ ނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ހުށަހެޅުން ބާތިލްކޮށްފައެވެ.
ވޭމަންޑޫ ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ގޮނޑިއެއް ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި މެންބަރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މެންބަރަކީ ވެސް ޕީޕީއެމަށް ނިސްބަތްވާ މެންބަރެކެވެ.
ވޭމަންޑޫ ކައުންސިލްގެ މެޖޯރިޓީ ހިއްސާކުރަނީ އިދިކޮޅު ޕީޕީއެމްއިންނެވެ.