ޚަބަރު

1000 ފަގީރުން ޙައްޖަށް ފޮނުވާނަން: މުއިއްޒު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެރިކަމުގެ ފަސް އަހަރުތެރޭ 1،000 ފަގީރުން ހައްޖަށް ފޮނުވަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު މުއިއްޒު ރޭ ވައުދުވެވަޑައިގެންފިއެވެ.

Ads by Hajj Corporation

މ. މުލަކުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ހިންގަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށާއި ހައްޖު ފަންޑުން އިންވެސްޓުކޮށް ނަފާ ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް އެ ކުންފުނި ހަދަންޖެހޭ ކަމަށެވެ. އޭރުން ހައްޖަށް ދާ އަގުތައް ކުޑަވެގެންދާނެ ކަމަށާއި އޭގެ ނަތީޖާއަކަށް ވެގެންދާނީ ވެރިކަމުގެ ފުރަތަމަ އަހަރު ވެސް ހައްޖަށް ދާ އަގުތައް ކުޑަވެގެންދިޔުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިހާރުވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ހައްޖަށް ނުދެވޭ ފަގީރުން އެބަތިބި ކަމަށާއި ފަސް އަހަރުތެރޭ 1،000 ފަގީރުން ހިލޭ ހައްޖަށް ފޮނުވާނެ ކަމަށެވެ.

"ފުރަތަމަ އަހަރު 100 މީހުން. މުޅި ފަސް އަހަރުތެރޭގައި 1،000 މީހުން ހައްޖު ކޯޕަރޭޝަން ވަރުގަދަކޮށްގެން ހިލޭ ހައްޖަށް ގެންގޮސްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ޒަކާތު ފަންޑު ވަރުގަދަކުރަން، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ގާނޫނީ ހައިސިއްޔަތު ލިބޭ އޮފީހެއް ވެސް އުފައްދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ބޭނުމަކީ ޒަކާތު ފަންޑު ބޮޑުކުރުން ކަމަށާއި އޭގެ ސަބަބުން ދީނީ ގޮތުން ހުއްދަ ކަންކަމަށް ހޭދަކުރާނެ ގިނަ ފައިސާތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

Ads by Allied Insurance
  1. ޒަކާތު ފައިސާ އިންވެސްޓު ކޮށްގެން ނަފާ ހޯދި ދާނެ، ފުރަތަމަ ބައިތުލްމާލު ތަންޒީމް ކޮށް ތަރުތީބް ކުރަންވީ ،ޔަހޫދީ ވޯލްޑު ބޭންކާއި އެކު ހެދިފާހުރި ރިބާގެ މުޢާމަލާތަށް މުރާޖާކޮށް ރިބާ ފުރީ ކުރަންވީ، ރިބާ ކެއުން އެއްކޮށް ހުއްޓާލަންވީ، އޭރުން އިޤުތިސޯދު ރާސްލާފަ ކުރިޔަށްދާނެ !

  2. ބްރެއިންވޮޝް

    މިހާރުވެސް ސަރުކާރުން ހައްޖަށް ފޮނުވާދޭ. ހައްޖު ވާޖިބު ވަނީވެސް އެމީހަކަށް އެފަދަ ތަނަވަސްކަން ލިބުމުން.
    އެފަދަ ތަނަވަސްކަން ނެތް މީހުންންށް ކުރާނެ މަސައްކަތެއް ދައްކާބަލަ.