ޚަބަރު

ސިވިލް ކޯޓުން ވައްކަން ކުރަން އުޅުނު މައްސަލައެއް ބަލަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ސިވިލް ކޯޓު

ސިވިލް ކޯޓަށް ވަގަކު ވަން މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަން ފަށައިފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖަސްޓިސް ބިލްޑިންގެ ދެ ވަނަ ފަންގިފިލާއަށް ހުއްދަ ނެތި މީހަކު ވަދެފައިވާ މައްސަލައެއް އިއްޔެ ހަވީރު 4:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހައިތަނަށް ބެލި ބެލުމުން އިމާރާތުން އެއްވެސް އެއްޗެއް ވަގަށް ނެގި ކަން ފާހަގަކުރެވިފައިނުވާ ކަމަށާއި، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މައްސަލައިގެ އިތުރު މަޢުލޫމާތެއް ނުދެއްވައެވެ.

ސިވިލް ކޯޓަށް ވަގަކު ވަންއިރު، ހަމަ އެ އިމާރާތުގައި ހިންގާ ފެމިލީ ކޯޓަށް ވެސް މި މަހުގެ ކުރީކޮޅު ދެ ފަހަރަށް ގެއްލުންދީ ވައްކަން ކޮށްފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!