ޚަބަރު

ގުރައިދޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް އެ ރަށުގައި ހިނގި ސިޔާސީ ހަމަނުޖެހުމާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ ގުރައިދޫގައި ދެ ބައެއްގެ ދެމެދުގައި މިއަދު ހިނގި ހަމަ ނުޖެހުމުގައި ބަޔަކަށް އަނިޔާވެފައިވެފައިވާ ކަމަށާއި އެ ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިންގީ މުއިއްޒު ވަޑައިގަންނަވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީ އަށް ސަޕޯޓްކުރާ ބަޔަކު ނުކުތުމުންނެވެ. އެ މުޒާހަރާގެ ބައިވެރިންނާއި މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، އެންމެ ފަހުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!