ޚަބަރު ސިޔާސީ

އޯގާތެރިކަމުގެ ވާަާހަކަ ދައްކަން މި ސަރުކާރު ލަދު ގަންނަަން ޖެހޭ: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، އޯގާތެރިކަމުގެ ވާހަކަ ދައްކާ މީހުން ލަދު ގަންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ކ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ވ.އާރަށް މައްސަލައިގައި، އިދިކޮޅު ލީޑަރު ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގައި ކަމަށާއި، އެ ޙުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވައިފައި ވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އިސްތިއުނާފު އަޑުއެހުންތައް މެދުކަނޑައިލައިފައިވާތީ، އެކަމާ ކަންބޮޑުވުންފާޅު ކުރައްވައި ޝިޔާމް ވިދާޅުވީ މި ސަރުކާރުގެ އޯގާތެރިކަމެއް ނެތް ކަމަށެވެ.

"އިސްތިއުނާފު ކޯޓެއްގައި، ހަތަރު ފަސް އަޑުއެހުން އޮންނާނީ، އެ ހަތަރު ފަސް އަޑުއެހުން ނުބާއްވާ، ކޮން އިންސާނިއްޔަތުކަމުގެ ވާހަކައެއްތޯ ދައްކާނީ؟"

ޝިޔާާމް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް މި ސަރުކާރުގެ ފަރާތުން އަނިޔާވެރިކަން ނޫން އިތުރު އެއްޗެއް ފެނިފައި ނުވާ ކަމަށެވެ. މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ބޭފުޅާ ވިދާޅުވާ އެއްޗަކާއި ޢަމަލުފުޅާއި ދިމާނުވާކަން ފާހަގަކުރައްވައި ޝިޔާމް އިތުރަށް ވިދާޅުވީ، ރައީީސް ޞާލިޙުގެ ކެމްޕެއިން ސްލޯގަން، "އުފާވެރި އަމާން ރާއްޖެ" ބޭނުން ކުރަން ލަދުވެތިވާން ޖެހޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!