ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިފައިން ވައްދައިގެން ނަމަވެސް މަޖިލީހުގެ ނިޒާމު ހިފަހައްޓާ، މަޖިލިސް ކުރިއަށްގެންދަން ޖެހޭ: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިފައިން ވައްދައިގެން ނަމަވެސް މަޖިލީހުގެ ނިޒާމު ހިފަހައްޓާ، މަޖިލިސް ކުރިއަށްގެންދިއުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.

މައްސަލައިގެ ބަހުސްކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ އަޑުގަދަކޮށްފައެވެ. މިއާއެކު ރިޔާސަތުން ވަނީ ޝަރީފް ތަޅުމުން ނުކުންނެވުމަށް އަންގަވާފައެވެ.

މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި މަޖިލީހަށް ސިފައިން ވައްދައިގެން ނަމަވެސް މިކަން ނިންމަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!