ޚަބަރު ސިޔާސީ

އައްޑޫ ޓާޝަރީ ހޮސްޕިޓަލް ހުއްޓުވީ މިސަރުކާރުން: މުނައްވަރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު

އައްޑޫ ސިޓީގައި ތަރައްގީ ކުރަން އުޅުނު ޓާޝަރީ ހޮސްޕިޓަލް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހުއްޓުވިކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ތުހުމަތު ކުރައްވައިފި އެވެ.

Ads by STELCO

އިދިކޮޅު ޕީޕީއެމް / ޕީއެންސީން އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން މުނައްވަރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައިފަ އެވެ. އެގޮތުން މުނައްވަރު ވިދާޅުވީ އައްޑޫ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކޮށް، އެ ތަނުން ސުޕަސްޕެޝަލިސްޓުން ޚިދުމަތް ދެވޭނެ ގޮތްތަކެއް ރާވައި، އެ ކަން ސަރުކާރަށް ވެސް ހުށަހެޅި ކަމަށެވެ. އެކަމަކު، ސަރުކާރުން އެ މަޝްރޫއަށް ހުރަސް އަޅައި، މާލޭ ސަރަހައްދުގައި އެކަން ކުރަން މަސައްކަތް ކުރި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މުނައްވަރު ވިދާޅުވީ އައްޑޫގައި އެމަޝްރޫއު ހިންގަން ހުށަހެޅީ އޭނާއާއި ވަރަށް ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ކަމަށެވެ. އަދި އެމަސައްކަތް މުނައްވަރު ކުރެއްވިކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރޭވީ، އައްޑު އަތޮޅުގައި ސާޖަރީތައް ޝެޑިއުލްކޮށް، ބަލި މީހުން ބަލާނެ ދުވަސްތައް ކަނޑައަޅާފައި ސުޕަސްޕެޝަލިސްޓުން ކޮލޮމްބޯއިން ގަމަށް ސީދާ ސްރީލަންކަންގައި އާދެވޭ ގޮތަށް." ޑރ. މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ސުޕަސްޕެޝަލިސްޓުން ހެނދުނު ގަމަށް އައިސްފައި އެދުވަހުގެ ހަވީރު އަނބުރާ ކޮލަމްބޯއަށް ދެވޭގޮތަށް ހަމަޖެހުނު ކަމަށެވެ. މިހުރިހާ ކަމެއް ހަަމަޖެއްސުމަށްފަހު ސަރުކާރުން ބޮޑު ލާރިއެއް ހަރަދު ނުކޮށް މަޝްރޫއު ކުރިއަށް ގެންދަން ހުށަހެޅިކަމަށް މުނައްވަރު ވިދާޅުވި އެވެ. އެކަމުގެ މަޝްވަރާއަށް ކޮލޮމްބޯގެ ހިލްޓަން ހޮޓެލްގައި ރައީސް ޞާލިހާއި ބޭރުގެ ކުންފުންޏާއި ބައްދަލުކުރެއްވިކަމަށްވެސް ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ފަހު، ރައީސް އެދިލެއްވި ގޮތަށް ޕްރޮޕޯސަލެއް ތައްޔާރުކޮށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ފަހުން އެއް ގޮތަކަށް އެ މަޝްރޫއު ކުރިއަށް ނުގެންދެވުނު ކަމަށް މުނައްވަރު ތުހުމަތު ކުރެއްވި އެވެ.

އަދި ވިދާޅުވީ ހެލްތު މިނިސްޓްރީގެ ސީނިއާ އޮފިޝަލުންތަކެއް ބޭރުގެ ކުންފުނީގެ ވެރިންނާއި ބައްދަލުކޮށް ތަނުގެ ގޮތުގައި ދެއްކީ ހުޅުމާލޭގެ ބިމެއް ކަމަށެވެ. އެހެންވެ މުނައްވަރު އެދުނީ އެމަޝްރޫއު އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓައިލުމަށްކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Ooredoo
  1. ކޮރަކަލި

    މިހާރު އެހުންނެވީ ދެއްކޭނުދެއްކޭ ވާހަކަ ނޭގޭހިސާބު ގައި

  2. ޙަސަންތަކުރުބެ

    އައްޑޫ އަތޮޅުގައި މީހުން ކަތިލާ ކުންފުއްޏެއް ހުރުން މުހިއްމު! ާމިއަީ ފާޅުގައި އެއްވެސް ވެރިއަކަށް ކުރަން ދަތިވިކަމެއް. ދާދި އިހަކަށް ދުވަހު ރައީސް އިބްރާހިމް އައްޑުއަށް ކުރި ކެމްޕެއިން ދަތުރުނިއްމާފައި ބުނީ އައްޑޫ މީހުންގެ ސިކުނޑިއަކީ ގަރަހިއްޗެއްގެ ސިކުޑިއަކީ ހަމަ އެކައްޗެއްކަމަށް. ސިކުނޑީގައި ތެތްކަމެއް ހުންނަބައެއް ނޫނޯ. މިއީއޭނާގެ ކެމްޕެއިން ޓީމުތެރޭ ހުންނެވި މީހަކު ރެސްޓޯރަންޓެއްތެރޭ ހުރެދެއްކި ވާހަކައިގެ ފޯރީތެރޭ ބޭއިޚްތިޔާރުގައި ބުނެވުނު އެއްޗެއް. ފަހުންއަހާލި އަނެއްކާ އައްޑޫހޭ! މބީތާޔަކު މިހެންވާހަކަ ދެއްކީވެސް އައްޑޫމީހެއް ކައިރީ ހުންނަނީ މާލޭ އަންހެންކަނބަލަކާ ކައިވެނިކޮށްގެން. އިބުރާހިމް ވަރަށް ހިތިވާނެ އައްޑޫގެ ވޯޓު

  3. ފާއިޒުބެ

    ހެނދުނު ހޭލާ މީހެއް ނޫން. ދެން ކިހިނެއް ޑޮކްޓަރުންތަކެއް ބޭރުން ހެނދުނު ހެނދުނާ ގެންނާނީ؟ މީނަ އޮންނާނީ ނިދާފަކަން އެމީހުންނަށްވެސް އިނގޭން