ޚަބަރު ސިޔާސީ

ކުރީގެ ސަރުކާރުތައް ބަދަލުކުރަން ރައްޔިތުން ޖޯޝާއެކު ނުކުތްގޮތަށް މިފަހަރު ނުނިކުމޭ: ރައީސް ޞާލިޙް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރީގެ ސަރުކާރުތައް ބަދަލުކުރަން ރައްޔިތުން ނުކުންނަނީ ވަރަށް ޖޯޝާއި ފޯރީގައި ކަމަށާއި، މި ވެރިކަން ބަދަލުކުރުމުގެ މާ ބޮޑު ޖޯޝާއި ފޯރިއެއް މި ފަހަރު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނަމަވެސް އެއްވެސް ވަރަކަށް ދޫ ނުދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަަށް، ބ. ހިތާދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި، އެކުވެގެން އަބަދުވެސް އެންމެން ނުކުންނަނީ އެ އިރަކު އޮންނަ ވެރިކަން ބަދަލުކުރުމަށް ކަމަށާއި އެ މަސައްކަތަށް ޖޯޝާއި ފޯރީގައި ކުރިން ނުކުތަސް، މިި ފަހަރު އެ މަންޒަރެއް ނުފެންނަކަން ރައީސް ޞާލިޙް ފާހަގަކުރެއްވި އެވެ.

"ބައެއްފަހަރު އަޅުގަނޑުމެން ކުރާ ދަތުރުތަކުން މާ ފޯރިއެއް ނެތް، މާ ޖޯޝު ނެތް ކެމްޕެއިނެއްގެ ގޮތުގައި އެބަ ފެނިގެންދޭ. ފަހަރެއްގައި އެ ވެދާނެ ކުރިއާ ހިލާފަށް މިހާރު މި އޮތް ސަރުކާރު، ކުރީގައި ވިއްޔާ އަބަދު ވެސް ނުކުންނަނީ އެ އިރެއްގައި އޮންނަ ސަރުކާރެއް ބަދަލުކުރަން، ވަރަށް ޖޯޝާއި ފޯރިއާ އެކު އެންމެން އެކުވެގެން. އެކަމަކު އެ ރޫހެއް މިއަދަކު ނުފެނޭ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ކެމްޕެއިނެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަނީ އެމްޑީޕީ އަދި ގުޅިފައިވާ ކޯލިޝަންތަކުން އެކަނިކަމަށާއި ނަމަވެސް، ފަރުވާވެރިވެ، އެންމެން ވޯޓުލުމަށް ރައީސް ޞާލިޙް އެދިވަޑައިގަތެވެ. އަދި މި ސަރުކާރާ ދޭތެރޭގައި މީހުން އެހާ ބޮޑަށް ހިތްހަމަނުޖެހިގެން އުޅޭ ތަނެއް ނުފެންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަރައި ފައިބާ ކޮންމެ ރަށަކުން ވެސް ވަކި ބަޔަކު އަމިއްލަ ކަމެއްގައި ކޮށްލައި ބައެއް ކަންތައްތައް ރަށްރަށުން ފެނޭ. އެހެން ނަމަވެސް، ޖުމްލަކޮށް، އަޅުގަނޑަށް ނުފެނޭ އެއްވެސް ރަށަކުން މި ސަރުކާރަކާ ދޭތެރޭގައި އެހާ ބޮޑަށް ހިތްހަމަނުޖެހިގެން، އެހެންނު، ހުންނާނެ. އެއްވެސް މީހަކީ ހުރިހާ ކަމެއް 100 ޕަސެންޓް ފުރިހަމައަށް ކުރެވޭނެ މީހެއް ނޫން. އެގޮތުން ކަންބޮޑުވާ ބައެއް ކަންތައްތައް ހުރެދާނެ. އެހެން ނަމަވެސް، ކުރިއާ ހިލާފަށް އެ ރޫހުގައި، އެ ޖޯޝުގައި ސަރުކާރެއް ބަދަލުކުރަން ނިކުމެ ތިބި ތަނެއް އަޅުގަނޑަކަށް ނުފެނޭ.... އަޅުގަނޑުމެންގެ މި މަސައްކަތަށް ދުލެއް ދޭކަށް އަޅުގަނޑުމެންނަށް ނުފެނޭ. އަޅުގަނޑުމެންގެ ކެމްޕެއިން ހަމަ ޖޯޝާއެކީގައި ކުރިއަށްގެންދޭ" ރައީސް ޞާލިޙް ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންވާ ކުރިއެރުން ލިބިގެން ނުދިޔައީ ކުރީގެ ސަރުކާރުތަކުން ވަކި ތަންތަނަށް އަމާޒުކޮށްގެން ޕްރޮޖެކްޓުތައް ހިންގާފައިވާތީ ކަމަށާއި، އަދި ތަންތަނުގައި ހުރި ވަސީލަތްތައް ވެސް ފައިދާ ހުރި ގޮތުގައި ބޭނުން ނުކުރެވި ދިޔަ ކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން ހަމަހަމަކޮށް ކަންތައް ކޮށްދޭ ކަމުގެ ނަތީޖާއަކީ ރަށުން ފުރައިގެން ދާނެ ގޮތާއި ބޯނެ ފެން ހޯދާނެ ގޮތް އަދި ބަނދަރު މަތީގައި އަޅާފައި އޮންނަ ދޯނި ބަލަން ހޭލާ ތިބޭކަށް ނުޖެހުން ކަމަށެވެ.

އެކި ސަރުކާރުތަކުގެ އަރިހުގައި ކިހާދޫއަށް ބަނދަރެއް ހަދައިދިނުމަށް ރައްޔިތުން އެދިފައިވާކަމަށާއި، އެކަމަކު އެކަން އެރަށަށްވެސް ކޮށްދެއްވީ މި ސަރުކާރުގައި ކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ ދެވަނަ ދައުރެއްގައި ކިހާދޫއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި އެ ރަށު ހެލްތު ސެންޓަރު ރަނގަޅުކޮށް، އެ ތަނުގެ ހިދުމަތް 16 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކޮށް، ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބު ހަދައިދިނުމަށް ވައުދުވެވަޑައިގެންނެވި އެވެ. އަދި އޭގެ އިތުރުން ރަށުގެ ފަޅު ފުންކޮށް، އެކަންތައް ކޮށްދޭއިރު ސްވިމިން ޓްރެކެއް ހެދުމާއި އިންޖީނުގެ އާ ތަނަކަށް ބަދަލުކޮށް، ރަނގަޅަށް ކަރަންޓު ލިބޭނެ ގޮތް ހަދައިދިނުމާއެކު، އޭޓީއެމް މެޝިނެއް ބަހައްޓައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

Ads by Allied Insurance
  1. ޑޮލަނގުޕައުންޑް

    އަޅެ މިޗޯރު އިބޫ މިއީފަހެ ބީތާއެއް ނޫންތަ؟

  2. ކިނބޫ

    އަސްލު މަންޒަރު ކަލެއަށް އޮޅުވާލައިގެން އެމްޑީޕީ މީހުންގެ ފަހަރި އުޅޭ ވާހަކަ މަ އެބަ ދައްކަމޭ. އެހެން ކެންޑީޑޭޓުންގެ ބެނާ ތަކާއި ދިދަތައް ފުލުހުން ލައްވާ ކަނޑާ، ރަށު އެންމެން ރަށުގެ އެއް ފަޅިއަށް އަނިޔާވެރިކަމާއެކު ގެންގޮސް އެ ސަރަހައްދު ބަންދު ކޮށް ހަދާކަން ކަލެއަށް ރޭކާވެސް ނުލައެއްނު. ސާބަހޭ ފަހަރި ތަޅާ! މިކަލޭގެއަށް ދޮންކަޅުވެސް އަންގާނުލާތި! އަނދިރި ކަމެއްގެ ތެރޭ ބީތާ ބަހައްޓާ!