ވިޔަފާރި

އެސްޓީއޯއިން ހުޅުމާލެ ހޮސްޕިޓަލުގައި ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމެންޓެއް ޤާއިމްކޮށްދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅުމާލެ ހޮސްޕިޓަލުގައި ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމެންޓް (ސީއެސްއެސްޑީ) އެއް ޤާއިމުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސް.ޓީ.އޯއިން އެއްބަސްވެއްޖެއެވެ.

Ads by STELCO

މިތަން ޤާއިމްކުރާނީ އެސް.ޓީ.އޯއާއި ސްޕެއިންގެ ކުންފުންޏެއްކަމަށްވާ "މަޓަޗާނާ" ބްރޭންޑާއި ގުޅިގެންނެވެ. މި ކުންފުންޏަކީ މި ދާއިރާގައި ކުރިއަރާފައިވާ ތަޖުރިބާހުރި ކުންފުންޏެއްކަމަށް އެސްޓީއޯއިން ބުނެއެވެ.

ދިވެހި ރާއްޖޭގައިވެސް މި ބްރޭންޑްގެ ސްޓެރިލައިޒޭޝަން އިކުއިޕްމެޓް އެސްޓީއޯގެ ފަރާތުންވަނީ އިންސްޓޯލްކޮށް ޚިދުމަތް ފޯރުކޮށްދީފައެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން މަޓަޗާނާއާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ އެކަށޭނަ ސެޓަޕެއް ކުރަހައި، މި ޑިޕާޓްމެންޓްގެ އިންޓީރިއާ ހުރިހާ މަސައްކަތަކާއި، އިކުއިޕްމެންޓްތައް ގެނައުމާއި، އިންސްޓޯލްކުރުން އަދި ބޭނުންވާ ޓްރެއިނިންތައް ދޭނެއެވެ. މި މަސައްކަތް އެސްޓީއޯގެ ފަރާތުން ނިންމުމަށް ހަމަޖެހިފައިވަނީ 262 ދުވަސް ތެރޭގައެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ސިއްޚީ ދާއިރާއަށް ވެދެވޭނެ އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ހައްލުތަކަށް އެހީވެދިނުންކަމަށެވެ. އަދި އާންމު ރައްޔިތުންނަށް އެކަމެއްގެ ސަބަބުން ވީހާވެސް ބޮޑު މަންފާއެއް ލިބޭނެފަދަ ކަންތައްތައް ކުރުމަށްކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ސީ.އެސް.އެސް.ޑީއަކީ ހޮސްޕިޓަލްތަކުގައި އާންމުކޮށް ބޭނުންކުރާތަކެތި (އިންސްޓްރޫމެންޓް، ގޯޒް، ކޮޓަން، ޑްރެސިންގައި ބޭނުންކުރާ ތަކެތި) ސާފުކޮށް، ޖަރާސީމު ނައްތާލައި، ސްޓެރިލައިޒްކުރުމަށް ބޭނުންކުރާ ޑިޕާޓްމެންޓެކެވެ.

ކޮންމެ ހޮސްޕިޓަލަކަށްވެސް ސީ.އެސް.އެސް.ޑީ އެއް ވަރަށް މުހިންމެވެ. އޮޕަރޭޝަން ތިއޭޓަރ ފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދެވޭނީ ރަނގަޅު ސީ.އެސް.އެސް.ޑީއެއް ހުރެގެންނެވެ.

Ads by Allied Insurance
  1. ދަރަނި

    ބަލަސަރުކާރުންް މިހާރުު އެއްވެސްކަމެއްކޮއްލާހާވެސްް ހަމަަ ނެތީތަަ ދައުލަތައްް ރައްޔިތުންދޭޓެކުސްތަކައްް ކީއްތަކުރަނީީ މިފެންނަކީީ ކޮންމެކަމަކައްް ކުންފުނިތައްް ބަގުރޫޓްކުރާމަންޒަރުު ތީކޮންކަހަލަަ ވެރިކަމެއްް ކުޑަކުދިންްގެެ ވިސްނުމުގަކިހިނެތްް ސަރުކާރުު ހިންގާނީީ މީއަރަތެއްް ހެޔޮނުވާނެެ ރައްޔިތުންގެެ ވޯޓަކުންް ބޮޑުތަނުންް ފެއިލްކޮއްނުލަނީސްް އަވަހައްް ގެޔައްކަޑާލާާ ތީބޮޑުު ފެއިލިއާއެއްެ