ދެވަނަ ބުރަަކަށް ނުގޮސް, ފަސޭހައިން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް ޞާލިޙް
![](https://dhen.mv/wp-content/uploads/2023/08/photo_2023-08-25-11.31.33-850x548.webp)
އެމްޑީޕީން ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރަކަށް ނުގޮސް, ފަސޭހައިން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ބައެއް ބޭފުޅުން ކުރިމަތިލައިގެން އުޅޭނީ އަމިއްލަ ފައިދާއަށް ކަމަށެވެ. އެ ބޭފުޅުން ކުރިމަތިލީ ކޮންމެވެސް ގޮތެއް ހަދައިގެން ދެވަނަ ބުރަކަށް ގޮސް ކޯލިޝަން ހަދައިގެން ލިބޭނެ އެއްޗެއް ބަލަން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"ނަމަ ނަމަ އެ ފުރުސަތު ނުދެއްވާތި. އަޅުގަނޑުމެން މިކަން ނިންމާނީ އެއްބުރުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތީ 9 ސެޕްޓެމްބަރު ކަމަށާއި އެއީ ރައްޔިތުން އަނެއްކާވެސް ގޮތެއް ނިންމަން ނުކުންނަ ދުވަސް ކަމަށެވެ. އަދި ކޮންމެ މީހެއްގެ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށާއި ދިވެހިން ދެން ވެސް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
" ކޮންމެ އަތޮޅަކުން ކޮންމެ ރަށަކުން ފެންނަނީ މި މަންޒަރު. އެނބުރި އަނިޔާވެރިކަމަށް ދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވޭ. ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއަށް ދާން އަޅުގަނޑުމެން ފަށާފައިވާ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލަން" ރައީސް ޞާލިޙް ވިދާޅުވިއެެވެ.
2018 ރިޔާސީ އިންތިޚާބު ވަގަށްނެގިގޮތަށް ކަންކުރުމަށް ވިސްނަނީދޯ
ތމަރަބުނީސޮރީ މިފަހަރުއަލިފާންޖެހޭކައްނެއް މިގައުމުގާނުބައިކަމެއްކުރެވޭނީއެއްފަހަރު ދެންރައްޔަފާރަވެރިވާނެ ނޭގޭއިބޫއަށްއެއްވެސްނުފޫޒެއްހަމަލާއެއްވޯޓްފޮއްޓަށްފޮނުވާލެވޭނެހެން