މުދައްރިސުންގެ ކިބައިން ހެޔޮ ނަމޫނާ ނުފެންނަ ނަމަ ކުދިން ބޮޑުވާނީ ކަތި ބިންގަލެއްގެ މަތީގަ: ޚުތުބާ

މުދައްރިސުންގެ ކިބައިން ހެޔޮ ނަމޫނާ ނުފެންނަ ނަމަ ކުދިން ބޮޑުވާނީ ކަތި ބިންގަލެއްގެ މަތީގައި ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއުއަކީ" ހެޔޮ ނަމޫނާގެ ބޭނުންތެރިކަން "މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ގޭތެރޭގައި ދަރިންނަށް ރަނގަޅު ނަމޫނާ ނުދައްކައިފި ނަމަ އެމީހުން ވާނީ ހަލާކު ކުރުވަނިމި ހަތިޔާރަކަށް ކަމަށެވެ. އަދި މުދައްރިސުންގެ ފަރާތުން ހެޔޮ ނަމޫނާ ނުފެންނަ ނަމަ އެ ކުދިންނަށް ލިބޭނީ ފާސިދު ތަރުބިއްޔަތު ކަމަށާއި ކުދިންނަށް ކިޔަވައިދޭ ތަކެއްޗާއި އެއްގޮތަށް އެދުރުން އަމަލު ނުކުރާނަމަ އެކުދިން ބޮޑުވާނީ ކަތި ބިންގަލެއްގެ މަތީގައި ކަމަށް ހުތުބާގައި ބުންޏެެވެ.
އަދި އެދުރުންނަކީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދޭ މެޝިންތަކަށް ވެގެން ނުވާނެ ކަމަށާއި އެމީހުންގެ އިލްމަކީ މާނައެއް ނެތް ބަސްތަކަކަށް ވެގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ވަނީ އިސްލާމްދީން މަނާ ކުރާ ފަންނުތަކާއި ހުނަރުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.