ޚަބަރު ސިޔާސީ

ރައީސް ޞާލިޙު އެ ވިދާޅުވާ ފަދަ ތާއީދެއް އެމަނިކުފާާނަކަށް ނެތް: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު "ދެން"އަށް އިންޓަރވިޔު ދެއްވަނީ-

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވާ ފަދަ ތާއީދެއް އެމަނިކުފާނަކަށް ނެތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

"ދެން"އަށް މިއަދު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، ރައީސް ޞާލިޙު އާއިއެކު އަދާލަތު ޕާޓީ އާއި، އެމްޑީއޭއިން އުފައްދައިފައިވާ ކޯލިޝަނަށް 80،000 މެމްބަރުންގެ ތާއީދު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި ވާހަކަފުޅަށް މުޢިއްޒު ރައްދު ދެއްވިއެވެ. އެފަދަ ތާއީދެއް ރައީީސްއަށް ނެތްކަން ފާހަގަކުރައްވައި މުޢިއްޒު އިތުރަށް ވިދާޅުވީ، ބާރާއި ނުފޫޒު ބޭނުންކޮށްގެން ނޫން ގޮތަކަށް ރައީސް ޞާލިޙު އެ ވިދާޅުވާ ތާއީދެއް ނުވެސް ހޯދޭނެ ކަމަށެވެ.

"އެއީ ސަރުކާރުގެ މައްސަލަ، އިނގޭތޯ، ސަރުކާރު ފަސް އަހަރުގެ ދައުރު ލިބިގެން ކަންކުރި ގޮތުގެ ސަބަބުން ވާ ގޮތެއް އެއީ." އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު، ރައީީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގެނައި ތަރައްޤީ ރައްޔިތުން އަދިވެސް ބޭނުންވާ ކަމަށާއި، މިނިވަންކަން ގެއްލި ދިޔުން ގާތްވެފައިވުމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އެއީ(މިނިވަންކަން) އަޅުގަނޑުމެންގެ ތަރައްޤީއަށް ވުރެވެސް ބޮޑަށް ރައްޔިތުން އިސްކަންދޭ ކަމެއް."

"އެހެންވީމަ، 80،000އެއް ނޫން، އެހެން އަދަދެއްގެ ވާހަކަ ދެއްކިޔަސް، ރައްޔިތުން ތިބީިކީ އެގޮތަކަށް ނޫން."

މުޢިއްޒު ވިދާޅުވި ގޮތުގައި ޤައުމަށް ހެޔޮ ބަދަލެއް ގެންނަން ރައްޔިތުން އެދޭކަން ސާފެވެ. އެ ބަދަލަކީ ހެޔޮ، އަދި ނަތީޖާ ނެރޭނެ ބަދަލެއް ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

 

Ads by Allied Insurance
  1. ޜީހާން

    ފޮޓޯގަ ފެންނަން އިން ޕްރެޒެންޓަރ އަކީ ފިރިހެން ކުދިންނަށް ޑޭޓް ކުރާ ޕްރެޒެންޓަރ އެއް !! ނަމަކީ އަޒްހާން

  2. ޢަދާލަތު ޕާޓީ އަކީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތީން ސިޔާސީ ޕާޓީގެ ދަފުތަރުގައި ދަފުތަރު ކުރެވިފައިވާ ސިޔާސީ ޕާޓީއެއް، ޕާޓީގެ ދުސްތޫރުގައި އެންމެ މުހިންމު ކަމަކީ އިސްލާމް ދީނާއި ޤައުމު ހިމާޔަތްކުރުން، މިހާރު އެޕާޓީ ހިގަނީ އެގޮތަށްތޯ ޕާޓީގެ މެންބަރުން ސުވާލު އުފައްދާތީ، ޢިލްމުވެރިން މިކަން ބަލާދިނުން މުހިންމު ކަމުގައި އެޕާޓީ މެމްބަރުންދެކޭ !

  3. ލަވްދަވޭ

    ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓްގެ މައިގަނޑު ކެމްޕެއިން ބިނާ ވެފައި އޮންނަން ޖެހޭނީ އެއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ކަމަށްވާއިރު އެ ކެންޑިޑޭޓް އެ ވާޖިބު އަދާ ނުކުރެއޭ އެވާޖިބު މިއަދު އަދާކުރަނީ ގާސިމް އިބްރާހިމް މަމެން ހީކުރި ގޮތާއި މުޅިން ޚިލާފަށޭ ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން މަގްސަދު ދަނީ މަމެންނަށް ނޭގޭ ބުނަންވެސް މިކަމުން މަމެންނަށް ލިބިދޭ ބޮޑު ހައިރާން ކަން މިއަދު ގާސިމް މިވަނީ ޕީޕީއެމްގެ މެމްބަރުންގެ ހިތްތަކުން ޖާގަ ހޯދާފައޭ އިން ނައު ދިސް ގްރެވްލް އިން އަވަރ ވޮއިސެސް ގްލާސެސް ޝެޓަރޑް އޮން ޓޭބަލް ޓޮޕް އިން ދިސް ޓަގް އޮފް ޓްރީސަންސް ވޯރ ދޭ ވިލް އޯލްވޭޒް ވިން އީވެން ވެން ވީއާރ ރައިޓް އިޓްސް ސިކް ދެޓް ދީސް ޓްރޫ ލަޔަރސް އާރ ވަޓް ކީޕްސް މީ ސެޓިސްފައިޑް ޖަސްޓް ގޮނާ ސްޓޭންޑް ދެއަެރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް އޯއް އޯއް އޯއް ލަވް ދަވޭ އިޓް ހާރޓްސް ޖަސްޓް ގޮނާ ސްޓޭންޑް ދެެއަރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް….