ޚަބަރު ސިޔާސީ

މިނިވަންކަމަށް ބަސް ބުނުމުގެ ފުރުސަތު އެއްވެސް ފަރާަތަކަށް ނޯންނާނެ: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު

ދިވެހިރާއްޖޭގެ މިނިވަންކަމަށް ބަސް ބުނުމުގެ ފުރުސަތު، އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މުޢިއްޒު މިހެން ވިދާޅުވީ މިއަދު "ދެން"އަށް ދެއްވި ހާއްސަ ބަސްދީގަތުމުގައެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ތަރައްޤީއަށް ވުރެ ބޮޑަށް، މި ދަނޑިވަޅުގައި ރައްޔޔިތުންގެ އެންމެ ބޮޑު ކަންވޮޑުވުމަކީ މިނިވަންކަން ގެއްލޭ ހިސާބުގައި ޤައުމު އޮތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކީ އަބަދުވެސް އެއް ސްޓޭންޑެއް އިނގޭތޯ، މި ޤައުމުގެ މިނިވަންކަން ހިމާޔަތްވާާން ޖެހެއޭ، އަޅުގަނޑުމެންގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުކުރެވޭނެ، މިއީ މިނިވަން ދައުލަތެއް." އެމަނިކުފާނު ވިދާޅުވިއެވެ.

ވަކި ޤައުމަކާއިއެކު ސިއްރު އެއްބަސްވުމެއް ހަދައިފައިވުމަކީ ރައްޔިތުން ހިތްހަމަޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވައި މުޢިއްޒު ވިދާޅުވީ، މީޑިއާތަކުން އެދުމުން ވެސް، ސިއްރު އެއްބަސްވުންތައް ހާމަ ނުކުރާ ކަމަށެވެ.

"މި ހިސާބަށް ކަންތައްތައް ދިޔައީމަ، ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެ."

މުޢިއްޒު އިތުރަށް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި، ސަރުކާރުން ހަދައިފައިވާ ސިއްރު އެއްބަސްވުންތައް ބަލާނެ ކަމަށާއި، އެއްބަސްވުންތަކުގައިވާ ކަންކަން ހައްލު ކުރެވޭތޯ ބެލުމަށްފަހުގައި ކުރިއަށްދާނެ ކަމަށެވެ. އެހެންނަމަވެސް އެއްބަސްވުންތަކަށް ބެލުމެއް ނެތި، ވަކި މަޝްރޫޢުއެއްގެ އެއްބަސްވުން ހުއްޓުވާނެ ކަމަށް ނުދެންނެވޭނެ ކަމުގައި ވެސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ލައިފް

    ހުރިހާ ކުދިން ވެސް ކޮއްޅަށް ތެދުވެ ކިޔާ ނައްނާނަނާ ނައްނާނާނަނާ ނައްނާނާނަނާ އެއްކޮށް ކިޔާ ކިޔާ ކިޔާ ޓްރޫ ހޭހެހޭ ގާސިމް ގާސިމް ގާސިމް ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލީއޭ ގާސިމް ވެރިކަމެއްގައި ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ ގިލަންވެރިކަމާއި އަދި ތަކްލީފް ތަކަށް ނިމުން ގެނެސް މުޝްރިކު ގައުމު ތަކުން ނަގާ ޓެކްސް މިވަތަނުން ނެގުން އެއްކޮށް ހުއްޓާލާނެއޭ ދަރިންނޭ މީއޭ ރައްޔިތުން ބޭނުންވާ ގޮތަކީ ރައްޔިތުންގެ އަޑު އިއްވާށޭ ގާސިމް އަތުގައި ކަމޯން އެވްރީ ބޮޑީ ސްޓޭންޑް އަޕް އެން ސިންގް ލައިފް ލައިފް ލައިފް އިޒް ލައިފް ނެވަރ ގިވް އިޓް އަޕް ކަމޯން ސްޓޭންޑް އަޕް އެން ޑާންސް އިޓްސް ދަ ފީލިންގް އޮފް ދި އޯޑިއެންސް ނަށާާލާ ނަށާލާ ނަށާލާ ނަށާލާ….

  2. ލަވްދަވޭ

    ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓްގެ މައިގަނޑު ކެމްޕެއިން ބިނާ ވެފައި އޮންނަން ޖެހޭނީ އެއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ކަމަށްވާއިރު އެ ކެންޑިޑޭޓް އެ ވާޖިބު އަދާ ނުކުރެއޭ އެވާޖިބު މިއަދު އަދާކުރަނީ ގާސިމް އިބްރާހިމް މަމެން ހީކުރި ގޮތާއި މުޅިން ޚިލާފަށޭ ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން މަގްސަދު ދަނީ މަމެންނަށް ނޭގޭ ބުނަންވެސް މިކަމުން މަމެންނަށް ލިބިދޭ ބޮޑު ހައިރާން ކަން މިއަދު ގާސިމް މިވަނީ ޕީޕީއެމްގެ މެމްބަރުންގެ ހިތްތަކުން ޖާގަ ހޯދާފައޭ އިން ނައު ދިސް ގްރެވްލް އިން އަވަރ ވޮއިސެސް ގްލާސެސް ޝެޓަރޑް އޮން ޓޭބަލް ޓޮޕް އިން ދިސް ޓަގް އޮފް ޓްރީސަންސް ވޯރ ދޭ ވިލް އޯލްވޭޒް ވިން އީވެން ވެން ވީއާރ ރައިޓް އިޓްސް ސިކް ދެޓް ދީސް ޓްރޫ ލަޔަރސް އާރ ވަޓް ކީޕްސް މީ ސެޓިސްފައިޑް ޖަސްޓް ގޮނާ ސްޓޭންޑް ދެއަެރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް އޯއް އޯއް އޯއް ލަވް ދަވޭ އިޓް ހާރޓްސް ޖަސްޓް ގޮނާ ސްޓޭންޑް ދެެއަރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް….