ޚަބަރު މީހުން

ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަނީ ހއ ބާރަށް / ސައިނިންގސްޓަރ، މުޙައްމަދު ތައުފީޤު (35އ) ކަމަށެވެ.

Ads by Sosun Fihaara

އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޮގަސްޓް 26 ވަނަ ދުވަހުގެ 01:35 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މުޙައްމަދު ތައުފީޤު އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، އޮގަސްޓް 22 ވަނަ ދުވަހުގެ 11:00 އެހައިކަންހާއިރު ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

މުޙައްމަދު ތަޢުފީޤުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!