ހަގިއާ ސޯފިއާ އަށް ފަހު ތުރުކީގެ ޗޯރާ ޗާޗު ވެސް މިސްކިތަކަށް ބަދަލު ކޮށްފި
ތުރުކީގެ ރައީސް ރިސެޕް ތައްޔިގު އުރުދުގާން އެ ގައުމުގައި ހުރި ދުވަސްވީ ފައްޅިއެއް މިސްކިތަކަށް ބަދަލު ކުރުމަށް ނިންމަވާ އެކަން ކުރުމަށް އަމުރު ކުރައްވައިފިއެވެ.
މި ނިންމުން ތުރުކީ އިން ނިންމާފައި މިވަނީ ދާދި ފަހަކުން އެގައުމުގެ ދުވަސްވީ ދާރުލް އާސާރެއް ކަމަށްވާ ހަގިއާ ސޯފިއާ ވެސް މިސްކިތަކަށް ބަދަލުކޮށްފައި ވަނިކޮށެވެ.
މި ބަދަލުގެ ސަބަބުން އިސްލާމްދީނަށް އަދި ގައުމަށް ލޯބި ކުރާ ގިނަ ބައެއްގެ ތާއިދު އުރުދުގާން އަށް އިތުރުވެގެން ދާނެ ކަަމަށް މީޑިއާތަކުން ބުނެއެވެ.
މި ދެ ނިންމުންވެސް އުރުދުގާން ނިންމަވާފައި މިވަނީ އިގްތިސާދީ ދަތިތަކަކާ ކުރިމަތިވެ ތަކެތީގެ އަގު މައްޗަށް ގޮސްފައި ވަނިކޮށެވެ. ނަމަވެސް ގުރީސް އާއި ދެމެދު އޮތް ގުޅުމަށް މިކަމުގެ ސަބަބުން ހީނަރުކަމެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ .ހާއްސަކޮށް އެގައުމުގެ ފައްޅިއެއް ކަމަށް ވާ އޮތޮޑޮކްސް ޗާޗު އާއި އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ.
ގުރީކްގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވަނީ އުރުދުގާން ނިންމެވި ނިންމެވުމަކީ ދީންވެރިގެ މީހުންނާއި ދެކޮޅަށް ނިންމެވި ނިންމެވުމެއް ކަމުގައެވެ.
1000 އަހަރު ދުވަސްވެފައިވާ މި ޗާޗު ،ހަގިއާ ސޯފިއާ އާއި ވަރަށް ވައްތަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.