ފުވައްމުލަކަކީ ޕީޕީއެމްގެ ކިއްލާއެއް: ޝުޖާޢު

ފުވައްމުލަކު ސިޓީ އަކީ ޕީޕީއެމްގެ ބޮޑު ކިއްލާއެއްގެ ގޮތުގައި، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ސިފަކުރައްވައިފިއެވެ.
ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އާއިއެކުގައި، ފުވައްމުލަކު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ކެމްޕެއިން ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފައިވާއިރު، މަސީހު އާއިއެކު ނަންގަވައިފައިވާ ފޮޓޯއެއް ހިއްސާ ކުރައްވައި ޝުޖާއު ވިދާޅުވީ "މިކަން ނިންމާނީ އެއްބުރުން" ކަމަށެވެ.
ޕީޕީއެމްއިން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.
ޕީޕީއެމް-ޕީއެންސީން ރިޔާސީ އިންތިޚާބުގައި މުޢިއްޒު ވާދަ ކުރައްވަނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުންނެވެ.