ޚަބަރު ސިޔާސީ

55 އަހަރުވުމުން ރިޓަޔާ ކުރާ މީހުންނަށް އެލަވެންސެއް ދޭނަން: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

އުމުރުން 55 އަހަރުވުމުން ރިޓަޔާ ކުރާ ނަމަ، ހާއްސަ އެލަވަންސެއް ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގެން  ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވި 55 އަހަރާއި 65 އަހަރު ދެމެދުގައި އަމިއްލަ އަށް ރިޓަޔާކުރާ މީހުންނަށް ހާއްސަ އެލަވެންސެއް ދޭން ޖެހޭ ކަމަށެވެ.

އަދި ޕީޕީއެމް/ޕީއެންސީން އޯގާތެރި ވެރިކަމެއްގައި 55 އަހަރާއި 65 އަހަރާ ދޭތެރޭގެ މީހުން ރިޓަޔާ ކުރުމުން އެލަވަންސެއް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"55 އަހަރާއި 65 އަހަރާއި ދެމެދުގެ ޢުމުރުފުރައިގައި ތިބި މީހުންގެ ތެރެއިން 55 އަހަރުގައި ރިޓަޔަރ ކުރަން ބޭނުންވާ ފަރާތްތަކަށް 65 އަހަރާއި ހަމައަށް ދަންދެކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިޒާމުގެ ތެރެއިން އެލަވަންސެއް ކަނޑައަޅައި ތަޢާރަފްކޮށް އެލަވަންސެއް ދޭނަން" މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އިދިކޮޅު ލީޑަރު އަދި ރައީސް ޔާމީންގެ ސަރުކާރުގައި ތިނަދޫ އަށް ގެނެސްފައިވާ ތަރައްގީއާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ހަމައެކަނި ތިނަދޫ އަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!