އައްޑޫ ސިޓީގައި ހުޅުވައި ހިދުމަތް ދިނުމަށްފަހު މިހާރު ބަންދު ކޮށްފައިވާ ޝަންގްރިލާ ރިސޯޓުގެ ހިއްސާ ސަރުކާރުން މިއަދު ދޫކޮށްލައިފިއެވެ.
އެކި މައްސަލަތަކާއި ހުރެ ބަންދުކޮށްފައިވާ ރިސޯޓުގައި ސަރުކާރުގެ 30 އިންސައްތަ ހިއްސަ އޮތެވެ. ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެވެ. މިއަދު ސަރުކާރުން ވަނީ 100 އިންސައްތަ ހިއްސާ އައްޑޫ އިންވެސްޓްމެންޓަށް ދީފައެވެ.
ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓަށް ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ލިއުޝާއެވެ.
އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް އެފެއާޒް ޑިރެކްޓަރު ސައުދު އަބްދުﷲއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ކޮވިޑަށްފަހު ޝަންގްރިލާ ރިސޯޓު ހުޅުވުމަށް އޮތް އެންމެ ބޮޑު ހުރަސް މިއަދު ނައްތައިލެވިއްޖެ ކަމަށެވެ.
އަދި އެ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް ޝަންގްރިލާ ކުންފުނިން ކުރަންޖެހޭ ކަންކަމަށް މީގެ ސަބަބުން ވަރަށް ބޮޑު ލުތެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޝަންގްރިލާ ކުންފުންޏަކީ ހޮންގްކޮންގްގެ ހޮޓެލް ވިޔަފާރީގެ އެންމެ ބޮޑު ކުންފުންޏެވެ.
މައުސޫމް ވިދާޅުވީ ޝަންގްރިލާ ކުންފުނިން ބޭނުންވާ ހުއްދަތަކާއި އިދާރީ އެހެން ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ޝަންގްރިލާ ރިސޯޓު ހުޅުވިގެން ދިޔުމާއިއެކު އައްޑޫ ސަރަހައްދުގައި ބެޑް ކެޕޭސިޓީ އަނެއްކާވެސް އިތުރުވާނެކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ ރައީސް ޞާލިހުގެ އަމާޒަކީ ދެކުނުގައި ވަކި ޓޫރިޒަމް ހަބެއް ތަރައްގީ ކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން އަމިއްލައަށްވެސް މަޝްރޫއުތައް ހިންގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދަވްލަތުގެ އެސެޓެއް ބޭރުބަޔަކަށް ދޫކޮށްލީ ކޮންގާނޫނަކުން ބާރު ލިބިގެންބާ؟ސަންގްރިއްލާއާއި ދަވްލަތުން ހިއްސާ ވެގެން އުފައދާފައިވާ ކުންފުންޏަށް ހިއްސާ ދޫކޮށްލި އިރު 30 % ހިއްސާގެ ވެލިއުއާއި އެފައިސާ ދޫކޮށްލީ ގޮތް މިލިއުމުން ސާފެއްނުވޭ. ގާނޫނުއަސަސީގެ 97 ވަނަ މާއްދާގަ ބުނާގޮތުން ދަވްލަތުގެ އެއްވެސްއެއްޗެއްއެއްވެސް ފަރާތަކަށް ދޫކުރެވޭނީ ގާނޫނީގޮތުމން ބާރު ލިބިގެން،